އެއްފުރާޅެއްގެ ދަށުން މަސައްކަތް ކުރުމަށް 18 އަހަރުފަހުން އުރީދޫ އަށް އަަލަށް އަމިއްލަ އޮފީހެއް ލިބިމާއި ގުޅިގެން އުރީދޫ މޯލްޑިވްސް ހެޑްކުއާޓާ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެގޮތުން އެ އޮފީސް، އުރީދޫ މޯލްޑިވްސް ހެޑްކުއާޓާރ ރަސްމީކޮށް އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ ހުސެއިން ނިޔާޒު ވިދާޅުވ،ީ އުރީދޫ ފެށިގެން އައީ ވަރަށް ކުޑަ ޓީމަކާއި އެކުގައި ކަމަށެވެ. އެގޮތުން ޖުމްލަ 70 މުއައްޒަފުންނާއި އެކު ފެށި އެ ޓީމްގެ މަސައްކަތް ފުޅާވެ އޮފީހެއް އެއްފުރާޅެއްގެ ދަށުން މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.
އެގޮތުން ދިވެހި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ތައާރަފްކޮށް ހަަރުދަނާ ކުރުމައްޓަކާއި، ރާއްޖޭގެ އެންމެ ފުރަތަމަ ސަބްނެރިން ކޭބަލް ބޭނުންކުރީވެސް އުރީދޫ މޯލްޑިވްސްއިން ކަމަށެވެ. އެގޮތުން ދިވެހިން ހިދުމަތްތަކާއި ގުޅުވައިދިނުމަށް އުރީދޫއިން ގިނަމަސައްކަތް ކުރެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ދިވެހިންނާއި ހަމަޔަށް އެ ފަދަ ހިދުމަތްތައް އެންމެފުރަތަމަ ގެނެސްދޭ ކުންފުއްޏަކަށް އެކުންފުނި ވެގެން ގޮސްފައިވާ ކަމަށެވެ.
ހުޅުމާލޭގައި އުރީދޫ މޯލްޑިވްސްއިން ބިނާކުރި އެކުންފުނީގެ އޮފީސް ޢިމާރާތަކީ، އެންމެ ޒަމާނީ އޮފީސް ޢިމާރާތެކެވެ. އެ އިމާރާތް ފަރުމާކޮށްފައި ވަނީ، ޒަމާނީ ވަސީލަތްތަކާއި، ޒަމާނީ ޓެކްނޮލިޖީގެ އެހީގައި މުވައްޒަފުންނަށް އުފެއްދުންތެރި މަސައްކަތްތައް ކުރުމަށް އެކަށީގެންވާގޮަތަށް ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާޙައުލެއް ލިބިދެވޭނެ ގޮތަށެވެ. މިގޮތުން މުވައްޒަފުންނަށް މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، ޖިމާއި، ކުޑަކުދިންނަށް ޚާއްސަ އޭރިއާއެއް އެ އިމާރާތުގައި ހުންނަކަމަށެވެ.
އަދި ތިމާވެއްޓާއި ރައްޓެހި ގޮތަށް ބިނާކޮށްފައިވާ އެ ޢިމާރާތަކީ، ޤުދުރަތީ ވައި ދައުރުވާނެ ގޮތަށާއި، ޢިއާދަކުރަނިވި ޙަކަތަ އާއި ވާރޭފެން ރައްކާކޮށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އިމާރާތެކެވެ.
އުރިދޫ އޮފީސް ހުޅުވުމުގެ އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އެ ރަސްމިއްޔާތުގައި، އުރީދޫއިން ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރޒްގެ މޮޑެލްއެއް ވެދުމަށް އަރުވާފައެވެ.

