ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދިވެސް އަޅުގަނޑުމެންގެ ވިސްނުމާއި، ފިކުރަށް ހުރިހާ ރަށެއްގައި މެޖޯރިޓި އެބައޮތް: ރައީސް ސާލިހު

ކެމްޕެއިންގައި ރައީސް ސާލިހު އައްޑޫއަށް. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަދިވެސް އެމްޑީޕީގެ ވިސްނުމާއި، ފިކުރަށް ހުރިހާ ރަށެއްގައި މެޖޯރިޓި އެބައޮތްކަމަށް ރައީސުލްޖުމްހުރިއްޔާ އިބްްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިދިކޮޅުގެ ކެންޑިޑޭޓު އެމަނިކުފާނުގެ މައްޗަށް ކުރި ހޯއްދެވި ފަހުން އަތޮޅު ތެރެއަށް ކުރައްވަމުން ގެންދެވި ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު، މިއަދު ރައީސް ސާލިހު ގެންދަވަނީ އައްޑޫއަށް ދަތުރުފުޅު ކުރައްވަމުންނެވެ. އެގޮތުން އައްޑޫ ހިތަދޫގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ނިކުތީ ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ރާއްޖޭގެ ތަރައްގީއަށްޓަކައި، ރައްޔިތުންގެ ކުރި އެރުމަށްޓަކައި ނުކުރާވަރުގެ ގިނަ މަސައްކަތްތަކަކާއިއެކުކަމަށެވެ. މިއީ ލިޔެކިޔުމުން ފެންނަން ހުރި ހަގީގަތްކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރާއި، އެހެން ވެރިކަމުގެ ދައުރުތަކާއި އަޅާބަލާއިރު، ކުރެވިފައި ހުރި މަސައްކަތްތައް ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް ފެންނަން އެބަހުރިކަމަށާއި، މި ކަންތައްތަކާއިއެކު އެމްޑީޕީއިން ރިޔާސީ އިންތިހާބަށް ނިކުމެ ވަރުގަދަ ކެމްޕެއިނެއް ކުރި ނަމަވެސް ފުރަތަމަ ބުރުގެ ނަތީޖާ ނިކުތީ އުއްމީދު ކުރި ގޮތަށް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ސަބަބުތަކެއް އެބަހުރިކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެއީ ކީއްވެގެންތޯ ބަލާ ސާފުކުރިންކަމަށެވެ.

އަޅުގަނޑަށް މާޔޫސްކަމެއް އެޔަކުން ނުފެނުނު. އަޅުގަނޑަށް ފެނުނީ އަނެއްކާވެސް އުއްމީދު.

ރައީސް ސާލިހު ވިދާޅުވިއެވެ.

ބެލި ބެލުމުން މާޔޫސް ވާވަރުގެ ކަމެއް ނުފެންނަކަމަށާއި، ލިބިގެންދިޔައީ އުއްމީދުކަމަށް ވިދާޅުވިއެވެ. އަދި ރަނގަޅު ކުރަން ހުރި ކަންތައްތަކެއް ފާހަގަކުރެވުނުކަމަށާއި، އެގޮތުން ފަހު ދުވަހަށް ތައްޔާރުނުވެވުނުކަމަށާއި، އިންތިހާބުގެ ނަތީޖާއަށް ބަލާއިރު އިންތިހާބެއްގައި އެންމެ މަދުން މީހުން ނިކުމެ ވޯޓުލީ އިންތިހާބަކީ މި އިންތިހާބުކަމަށް ރައީސް ވިދާޅުވިއެވެ.

ގޭގެއަށް ގޮސް ބައްދަލުނުކުރެވޭ މީހުންނާއި، ފޯނުވެސް ނުކުރެވޭ އެތައް ބަޔަކު ތިބިއިރު، ވޯޓުލުން އޮތް ދުވަހު ވޯޓުލާން ނެރުމުގައި ކުރިމަތިވި ކަންތައްތަކެއްވެސް އެބަހުރިކަމަށް ފާހަގަކޮށް ޓްރާސްޕޯޓް ހަމަނުޖެހުން ރައީސް ފާހަގަކުރެއްވިއެވެ.

ކެމްޕެއިންގައި ރައީސް ސާލިހު އައްޑޫއަށް. ފޮޓޯ: އެމްޑީޕީ

ވޯޓުލީ ކޮން ބައެއްތޯ ނުބެލޭކަމާއި އަދި އެގްސިޓް ޕޯލްވެސް ނުބެލޭކަމަށާއި، އެމްޑީޕީގެ އޮބްޒާވަރުންނާއި، މޮނީޓަރުން ނެތް ފޮށިތަކެއްވެސް ހުރިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ނަމަވެސް މިއީ ރަނގަޅަށް އިންތިޒާމް ކުރެވުނުނަމަ ކުރެވޭނެ ކަންތައްތަކެއްކަމަށާއި، މިހާރު މިފަދަ މައްސަލަތައް ބަލާ، ހައްލުކޮށްފައިވާނެކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މިކަމަށް ސަމާލުވުން މުހިންމުކަމަށެވެ.

ރަށްރަށާއި، އަދި ސިޓީތަކުގެ މެޖޯރިޓީ ގެއްލުނީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހުގައިކަމަށާއި، އެއީވެސް ފާހަގަވި މައްސަލައެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުމަށްފަހު މަދު ބަޔަކު ނަމަވެސް އެމްޑީޕީއާއި ދުރަށް ޖެހިފައިވާކަމަށާއި، ހިސާބު ބެލުމުން، ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީގެ ނަތީޖާ އެއްކުރުމުން ޕީޕީއެމްއަށް، އެމްޑީޕީގެ މައްޗަށް ކުރި ނުހޯދޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ކެމްޕެއިންގައި ރައީސް ސާލިހު އައްޑޫއަށް. ފޮޓޯ: އެމްޑީޕީ

މިހާރު ކުރަންޖެހޭ މަސައްކަތަކީ އެމްޑީޕީއާއި ވަގުތީ ގޮތުން ވަކިވެގެން ދިޔަ މީހުން އަލުން އަނބުރާ އެމްޑީޕިއަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްކަމަށާއި، މިގޮތުން ކުރިއަށް އޮތް ދެ ދުވަހު ކުރެވޭނެ މަސައްކަތްތައް ހުރިކަން މާލެއަށް ބެލުމުންވެސް އެނގޭކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމަނިކުފާނު މަސައްކަތް ކުރެއްވީ މާލޭގައިކަމަށެވެ. އަދި އޭގެން ރަނގަޅު ނަތީޖާތައް ނިކުންނަމުންދާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. މާލޭގައި ހުރެ، ރަށް ރަށުގެ ކެމްޕެއިން ޓީމުތަކާއިވެސް ވާހަކަދެއްކިންކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ ދެވަނަ ބުރުގައި މި ބަދަލު ފެންނަނެކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ކިތައްމެ ރަނގަޅަށްކަމެއް ކޮށްފައި ވީ ނަމަވެސް އެއީ ގޯހެއްކަމަށް ދެއްކުމަށް ބަޔަކު އަބަދު މަސައްކަތް ކުރަނީނަމަ، އެކަން ގަބޫލުކުރާ މީހުންވެސް ތިބޭނެކަމަށާއި، އެ ވާހަކަތަކަށ ރަައްދުދީ އެކަންތައްތައް ސާފުކޮށް ނުދިނުމަކީ އެމްޑީޕީއަށް ހެދުނު ގޯހެއްކަމަށެވެ. އިންޑީއާއި ގުޅުވައިއާއި، ކަނޑު ވިއްކާލީއޭގެ ކިޔައިގެންވެސް ހަގީގަތާއި ދުރު އެތައް ވާހަކަތަކެއް ފަތުރަމުންދާކަމަށާއި، އެ ކަންކަމުގެ ހަގީގަތް ހާމަކުރެވުނު ވަރަކަށް އެއީ ދޮގުކަން ރައްޔިތުން ގަބޫލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: