ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިިދިކޮޅުން އިންތިހާބަށް ނުފޫޒު ފޯރުވަނީ އަސްލެއްނެތް ދޮގު ފަތުރައިގެން: އެމްޑީޕީ

ކުރީގެ ރައީސް، އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިިދިކޮޅުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަނީ އަސްލެއްނެތް ދޮގު ފަތުރައިގެންކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީއިން ނެރުން ނޫސް ބަޔާނުގައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް އަސްލެއްނެތް ދޮގުތައްކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ނުފޫޒު ފޯރުވުމަށް އިދިކޮޅުފަރާތްތަކުން ރާވަމުންދާ ކަމަށެވެ. އަދި މިއީ އެ ކޯލިޝަނުން ކަންބޮޑުވާކަމެއްކަމަށް ފާހަގަކޮށް، ކުށްވެރިކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރައިގެން އެންޓި ކެމްޕެއިންކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތްކޮށްފައިވާކަމަށާއި، ގައުމުގެ މުސްތަގުބަލު ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއް ނެތް ދޮގު ފަތުރާ، އަދި ދޮގުގެ ޒަރީޔާއިން އިންތިހާބު ވަގަށް ނަގަން މަސައްކަތްކުރުމަކީ ވަރަށް ފަށު ދަރަޖައިގެ ފިނޑި އަމަލެއްކަމަށް ބަޔާނުގައިވެއެވެ.

ރާވައިގެން ހިންގާ މިފަދަ މިސްއިންފޮމޭޝަންގެ ކެމްޕޭނުތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާތެރި ބާރުތަކުގެ އަތް މައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެކަމަށް ފާހަގަކޮށް ބަޔާނުގަިއ ވަނީ، އެހެންކަމުން ރާވައިގެން ހިންގާ މިފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: