ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވައުދުވެވަޑައިގެންނެވީ ކޭޕާކު، ސީލައިފް، ޖާހު ގާޑަންއިން ފްލެޓް ގަތް މީހުންގެ މައްސަލަތައް ހައްލުކޮށްދިނުމަށް!

ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޭ ޕާކާއި، ސީލައިފް އަދި ޖާހު ގާޑަން އިން ފްލެޓް ގަންނަން ފައިސާ ދިން ފަރާތްތަކަށް، މައްސަލަތައް ހައްލުކޮށްދެއްވާ ފްލެޓު ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސޯސަން މަގުގައި ރޭ ބޭއްވި ކަންމަތީ ޖަލްސާ ވާހަކަދައްކަވަމުންނެވެ. ރައީސް ސާލިހު ވިދާޅުވީ އެހެން ސަރުކާރުތަކުން ބޯހިޔާވަހިކަން ހޯދުމަށް ކުރި މަސައްކަތްތައް ދެކޮޅު ނުޖެހޭކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުން މަގުމަތިވެފައިވާކަމަށެވެ. އަދި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑު އުނދަގުލަކަށް ވެގެންދިޔަކަމަށެވެ.

އެގޮތުން ސީ ލައިފްގެ މައްސަލައާއި، ޖާހު ގާޑަން ކިޔާ ތަނެއް އިމާރާތްކުރުމަށްފަހު ހަވާލު ކުރަން ބުނި ފްލެޓްތަކުގެ ވާހަކައާއި، ކޭ ޕާކުގެ މައްސަލައާއި، ގާކޮއްޓާއި އަދި އަރަބިއްޔާގައި ހުރި ފްލެޓްތަކަށް ހަދާފައި ހުރި ގޮތުން ރައްޔިތުންނަށް އެތަކެއް ތަކްލީފަކާއި ކުރިމަތިވިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އެ ގެންދަވަނީ މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށްކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ އެޑްވާންސްކޮށް ފައިސާ ދެއްކުމަށްފަހުގައި އެއަށް ވީ ގޮތް ނޭނގިފައި ތިބި ފަރާތްތަކުގެ ޝަކުވާތަކަށްވެސް ހައްލު ހޯދައިދެއްވާނެކަމަށެވެ. އެފައިސާ ސަރުކާރުގެ މާލިއްޔަތުން ނަގައި އާބަންކޯއަށް ހަވާލުކޮށް ފްލެޓް ލިބޭ ފަރާތްތަކަށް އެކަންތައް ހަމަޖައްސަދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އާބަންކޯއިން އެތަންތަން ނިންމާނެކަމަށާއި، އެތަނަށް ފްލެޓް ދޭން ލިޔުންދީފައިވާ ހުރިހާ ފަރާތްތަކަށް އެ ފްލެޓްތައް ހަވާލުކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭ އާބަންކޯއިން އެތަން ނިންމައި އެތަނަށް ފްލެޓް ދޭން ލިޔުންދީފައި އޮތް ހުރިހާ ފަރާތްތަކަށް އެ ފްލެޓްތައް އަޅުގަނޑުމެން ހަވާލުކޮށްދޭނަން.

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައިވެސް މާލެ ސަރަހައްދު ގޯތި ދޫކޯށްފައިނުވީ ނަމަވެސ،ް މި ސަރުކާރުން ވީ ވައުދާއި އެއްގޮތަށް ބިންކަނޑައި އިންވަކިކޮށްފައި ގޯތި ދޭން ފަށާފައިވާކަމަށެވެ. އަދި އެމަނިކުފާނު ދެއްވީ ނޮވެމްބަރު 5 ގެ ކުރިން އެ ގޯތިތަކުގެ ރަޖިސްޓްރީ ރައްޔިތުންނަށް ހަވާލުކޮށްދޭނެކަމުގެ ޔަގީންކެމެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެ ގޯތިތައް ނުނަގާނެކަމަށް، އިދިކޮޅުގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ވާހަކަތައް ގަބޫލުކުރަން ދަތިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމާއި ހަވާލުވީއިރު، އޭގެ ކުރީ ސަރުކާރުން ގުޅީފަޅުން ފްލެޓްތަކަށް ފައިސާ ދައްކާ ނިންމާފައި ވަނިކޮށް އެތަނަށް ފުލުހުން އަރުވާފަ މީހުން ބޭރުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: