ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރޫޕު ހަރަކާތްތައް އިތުރުވުމުން ފުލުހުންގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ފޮޓޯ | ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ކުއްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ ހަރަކާތްތައް މަލޭގައި އިތުރުވެފައިވާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށް، މާރާމާރީތަކާއި ހަމަލާތައް ދިނުމުގެ ބައެއް މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކަށް ހަމަލާ ދިންކަމުގެ މައްސަލައެއް ލިބިފައިވާތީ އެކަން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މީޑިއާތަކަށް ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި އިންޒާރު ދޭކަމުގެ ޝަކުވާތަކާއި، އަދި މަގުމަތިން ދިމާ ކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ މިންވަރު މިއަދު އިތުރުވެ ގުރޫޕުތަކުގެ ހަރަކާތްތައް އިތުރުވެފައިވާތީ ފުލުހުން އެކަން ބަލަމުން ދާކަމަށެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި އެކު، އިންތިހާބުގެ ރައްކާތެރިކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ބަޔާނުގައި ވެއެވެ.

މިގޮތުން އިތުރަށް ފުލުހުން ބުނީ އިންތިހާބާއި ގުޅިގެން ގުރޫޕްތަަކަަށް ނިސްބަތްވާ ބަޔަކު މީހުންނަށް އިންޒާރުދީ ބިރު ދައްކާފައިވާކަމަށާއި، މިފަދަ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަތައް  ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: