ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މީހުންނާއި ދިމާނުކުރުމަށް ރައިސް ނަޝީދު އެދިވަޑައިގެންފި

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ގުޅިގެން އެމްޑީޕީއަށް ލިބިލެއްވާ ނަތީޖާއަށް ފާޑުކިޔާ އެމްޑީޕީ މީހުންނާއި ދިމާނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިގޮތަށް އެދިވަޑައިގެންފައިވަނީ ވަަޓްސް އަޕް ގުރޫޕަކަށް ފޮނުވި މެސެޖެއްގައެވެ. މި ގޮތަށް ރައިސް ނަޝިދު އެދިވަޑައިގެންފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުގައި ބެހުއްޓުނު ވޯޓް ފޮށިތައްދަނީ ގުނަމުންނެއެވެ. އަދި ނަތީޖާ ދައްކާގޮތުން ކުރީގައި އޮތީ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ރައީސް ސޯލިހަށް އަށްވުރެ ކުރި ހޯދާފައިވަނީ ޑރ. މުއިއްޒެވެ. އޭރުގެ ނަތީޖާ އަށްބަލާއިރު، ރައީސް ސޯލިހަށްވުރެ އިތުރަށް 15000 ވޯޓް މުއިއްޒަށް ލިބިފައިވެއެވެ.

އެމްޑީޕީ ފެށުނިއްސުރެ އެމްޑީޕީގެ މައިތަބުގެ ގޮތުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އެޕާޓީން ވަކިވެފައިވަނީ ޕާޓީތެރޭގައި އުފެދުނު ކޯލުމުގެ ސަބަބުން ކަމަށް ރައީސް ނަޝިދު ވަނީ އެކި ޕޯޑިޔަމްތަކުގައި މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތުން އެ ކޯޅުނތަކުގެ ސަބަަބުން އެމްޑީޕީން ވަކިވެ ވަޑައިގެން ރައީސް ނަޝީދު ވަނީ އޭނާ އަށް ދާއިދު ކުރައްވާ މީހުންނާއި އެކު ދަ. ޑިމޮކްރޭޓްސް ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. އަދި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރުއްވާ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްފަހު، ލިބުނު ވޯޓާއެކު އެއްވެސް ޕާތީއަކާއި ގުޅިވަޑައިގެންފައެވެއް ނުވެއެެވެ.

ނަމަވެސް އެމްޑީޕީ އަދި/ޕީޕީއެމްޕީއެންސީ ވަނީ ކޯލިޝަނުގެ ދައުވަތު ދެއްވާފައެވެ. ނަމަވެސް ރިޔާސީ އިންތިހާބު ނިންމަވާލެއްވީ އެއްވެސްޕާޓީ އަކަށް ތާއިދު ނުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: