އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަށް، އެ ޕާޓިގެ ރައީސްކަމުގައި ހުންނަވާ އިސްތިއުފާދެއްވާ އައު ޕާޓިއެއް އުފެއްދެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މެސެޖެއް ފޮނުއްވައިފިއެވެ.
ކުރިީގެ ރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާއި ގުޅެން، ބޭނުންފުޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒަށް މެސެޖު ކުރައްވާފައިވާކަން އެޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވަނީ ހާމަކުރައްވާފައެވެ.
އިބްރާހިމް ވަހީދު ކުރެއްވި އެކްސްގައި ވިދާޅުވީ އެމްޑީޕީއާއި ގުޅެން ރައީސް ނަޝީދު، ފައްޔާޒަށް މެސެޖް ކޮށްފައިވާ ކަމަށާއި، ނަމަވެސް ގައުމީ މަޖުލީހުގެ އެންމެން ތާއިދު ކުރެއްވިޔަސް އޭނާގެ ތާއިދު ރައީސް ނަޝީދަށް ނުލިބޭނެ ކަމަށެވެ.
”އެމްޑީޕީ ގައުމީ މަޖުލީހުގެ 50 އިންސައްތަ ތާއިދު އޮތް ނަމަ އަޅުގަނޑު އެމްޑީޕީ އާއި ގުޅެން ތައްޔާރު“ ރައިސް ނަޝިދު ފައްޔާޒު އިސްމާއިލަށް ފޮނުވި މެސެޖުގައިވަނިީ ބުނެފައެވެ.
ނަމަވެސް އިބްރާހިމް ވަހީދު ވިދާޅުވީ، ގައުމީ މަޖުލީހުގެ އެންމެން ތާއިދު ކުރެއްވި ނަމަވެސް އެބޭފުޅާ ތާއިދު ނުކުރައްވާނެ ކަމަށެވެ.
ރައީސް ނަޝިދަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގެ މައިތަބެވެ. އަދި ޕާޓީގެ އެތައްބަޔެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ. ނަމަވެސް ޕާޓީ ތެރޭގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށްބުނެ ޕާޓީ ދޫކުރައްވާ ދަ. ޑިމޮކްރޭޓްސް ނަމުގައި ޕާޓިއެއް އުފައްދަވާފައެވެ.
މި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކުރިމަތި ލައްވާ ވަނީ 15000 ވޯޓް ހޯއްދަވާފައެވެ. އެމްޑީޕީން އެޕާޓީ އާއި އެކު ކޯލިޝަން ހެއްދުމުގެ ދައުވަތުވެސްް ދެއްވާފައި ވެއެވެ. ނަމަވެސް އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ޕާޓީއަކާއި ކޯލިޝަން ހައްދަވާފައި ނުވެއެވެ. އެހެންކަމުން ސަރުކަރުގައި އޮތް މައިޕާޓީ އެމްޑީޕީ އިންތިހާބުން ބަލިވެފައިވަނީ ރައީސް ނަޝީދު އަމަލުތައް ބެހެއްޓެވި ގޮތުން ކަމަށް ގިނަބަތަކުދަނީ ބުނަމުންނެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީން ކުރި ކެމްޕޭނަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ފަހުން އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއެއް އުފެއްދެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުވަނީ މިއަދު ތައުރީފުވެސް ކުރައްވައްވާފައެވެ.
ނަޝީދު މިފަދައިން ވިދާޅުވި އިރު، އިންތިހާބުގެ ނަތީޖާ ޔަގީންވުމާ އެކު، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސް ބުނެ، ފުރައްސާރަ ނުކުރުމަށް އެދިވަޑައިގެންފައެވެ.

