ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާ ގުޅެން ރައީސް ނަޝީދު ކުރި މެސެޖަށް ޖަވާބެއް ނުފޮނުވަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ 02 އޮކްޓޫބަރ 2023 ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަށް އެ ޕާޓީގެ ރައީސްކަމުގައި ހުންނަވާ އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މެސެޖަށް ރިޕްލައި ނުކުރައްވަންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ރައީސް ނަޝީދު އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަށް އެމަނިކުފާނު އެމްޑީޕީއަށް ހުށައެޅުއްވި ހުށައެޅުންތަކާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ގައުމީ މަޖިލީހުގެ 50 އިންސައްތަ ރައީސް ނަޝީދު ޕާޓިއާއި ގުޅިވަޑައިގަތުމަށް ތާއީދުކުރައްވައިފިނަމަ އެމްޑީޕީއާއި ގުޅިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ، އެކަމާއި ގުޅޭ ގޮތުން ރައީސް ސާލިހުގެ އަމިއްލަ ހިޔާލުފުޅަކީ ކޮބައިތޯ ސުވާލުކުރިއެވެ.

”ސަންގުން“ ވެސް މި ސުވާލުކޮށްފައިވާއިރު، ރައީސް ސާލިހު ވިދާޅުވީ ވަކި މީހަކު ޕާޓީއަށް ގެނައުމުގެ ޝައުގުވެރިކަމެއް ނެތްކަމަށެވެ.

ނަމަވެސް އޮންނަ އުސޫލުގެ ތެރެއިން ޕާޓީއަށް މީހުން ވެއްދުމުގެ މަސައްކަތްތައް ކުރައްވާނެކަމަށާއި، އެއީ ޕާޓީއަށް ވައްދަން ފެންނަ މީހެއްގެ ގޮތުގައި ފެނިއްޖެނަމަ އެކަން ކުރައްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ގައުމީ މަޖިލީހަށް ހުށައަޅައިގެން، ލިބޭ ތާއީދަކުން މީހުން ޕާޓީއަށް ވެއްދުމަކީ އެމްޑީޕީ ދަންނަ އުސޫލެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމަށް އެދި ރައީސް ނަޝީދު ހުދު އެމަނިކުފާނަށްވެސް މެސެޖު ކުރައްވާފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެހެންކަމުން ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ނޫސްވެރިންނާއިއެކު ހޭދަކުރެއްވި ވަގުތުކޮޅުގައި ”ސަންގު ޓީވީ“ އިން ވަނީ ރައީސް ނަޝީދުގެ މެސެޖަށް މިހާރު ރައީސް ސާލިހު ޖަވާބުދެއްވާފައިވާނެތޯ އެމަނިކުފާނާއި ސުވާލު ކުރައްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ ”ރިޕްލައި ނުކުރަން“ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން ގޮތް ނިންމާނީ ޕާޓީއިންކަމަށް އެމަނިކުފާނު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: