ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު ޖަޕާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނުގެ ސަފީރާއި ބައްދަލުކުރައްވައިފި!

ޑރ މުއިއްޒު ސަފީރުންނާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގެ ތެރެއިން: ފޮޓޯ/ އިންތިހާބީ ރައީސްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ޖަޕާނާއި ބަންގްލަދޭޝް އަދި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުންނާއި ބައްދަލުކުރައްވައިފިއެވެ.

ޑރ މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެމަނިކުފާނާއިއެކު އިންތިހާބީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ. ޕީޕީއެމްއިން ހިއްސާކޮށްފައިވާގޮތުން މި ބައްދަލުވުމުގައި ޑރ މުއިއްޒު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓަކެއުޗީ މިޑޯރީވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދު ކުރެވިދާނެ އިތުރު މަސައްކަތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވިފައިވާކަމަށް އެ ޕާޓީއިން ބުނެފައިވެއެވެ.

ޑރ މުއިއްޒު އަދި ބަންގްލަދޭޝްް އިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު ރިއަރ އެޑްމިރަލް އެސްއެމް އަބްދުލް ކަލާމް އާޒާދްވެސް ވަނީ ބަދަލުކުރައްވާފައެވެ. ޕީޕީއެމްއިން ބުނެފައިވާގޮތުން މި ބައްދަލުވުމުގެ ތެރެއިން ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ. އަދި އެމަނިކުފާނުވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒް ގިލާނީ އާއިވެސް ބައްދަލުކުރައްވާފައެވެ.

މިއަދުގެ ވަގުތެއްގައި ޑރ މުއިއްޒު ޖަޕާނު އަދި ބަންގްލަދޭޝްގެ ސަފީރުންނާއި ބައްދަލުކުރައްވާފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހު އެމަނިކުފާނުވަނީ ޗައިނާ، އިންޑިއާ، އިންގިރޭސިވިލާތު އަދި ޔޫއޭއީ އިން ރާއްޖެއަށް ކަނޑައެޅިފައިވާ ސަފީރުންނާއިވެސް ބައްދަލުކުރައްވާފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: