ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހީތެރިކަން ބޭނުންވާ ކަންކަން އިންތިހާބީ ރައީސް، ރައީސް ސާލިހާއި ހިއްސާކުރައްވައިފި!

ރައީސް ސޯލިހު އަދި އިންތިހާބީ ރައިސް ޑރ މުއިއްޒު /ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރާއި ހަވާލުވެ ޥަޑައިގަތުމުގެ ކުރިން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފަރާތްޕުޅުން އެހީތެރިކަން ބޭނުންވާ މުހިންމު ކަންކަން ހިއްސާކުރައްވައިފިއެވެ.

އިންތިހާބީ ރައީސް ޑރ މުއިއްޒުގެ އޮފީހުން ރައީސް ސާލިހަށް ފޮނުއްވާފައިވާ ސިޓީގައި އެމަނިކުފާނުވަނީ ރައީސް ސާލިހުގެ ފަރާތްޕުޅުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ. އަދި ރައީސް ސާލިހުގެ އަމަލުތައް ބަހައްޓަވާ ގޮތް ބަލައިގަންނަކަންވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރާއި ހަވާލުވުމުގެ މަރުހަލާގެ ތެރެއިން އެހީތެރިކަން ބޭނުންވާ ބައެއްކަންކަން ޑރ މުއިއްޒުވަނީ ސިޓީގައި ހިމަނާފައެވެ. އެގޮތުން، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިންވެސްޓު ނުކުރުން އަދި ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އެއްވެސް އައު ހުއްދައެއް ނުދިނުމަށްވެސް ޑރ މުއިއްޒުވަނީ އެދިވަޑައިގެންފައެވެ.

ޑރ މުއިއްޒުވަނީ ދައުލަތުގެ މުދަލެއްގެ މިލްކުވެރިކަން އެހެން އެއްވެސް ފަރާތަކަށް ބަދަލުނުކުރުމަށްވެސް އެދިވަޑައިގެންފައެވެ. އަދި މި ދުވަސްތަކުގެ ތެރޭގައި ބައިނަލްއަގުވާމީ އެއްވެސް މުއާހަދާއެއްގައި ސޮއިނުކުރެއްވުމަށް ރައީސް ސާލިހުގެ ކިބައިން އެދިވަޑައިގެންފައިވާއިރު، ޕީއެސްއައިޕީ ފަދަ ޕްރްގްރާމެއްގެ ދަށުން އައު މަޝްރޫޢުއެއް ނުފެއްޓެވުމަށާއި މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑަށް ބަދަލުނުގެނައުމުގެ އިތުރުން މަގާމުތަކަށް މީހުން އައްޔަނުކުރުމާއި މަގާމުގެ ކުރިއެރުން ދިނުން ފަދަ ކަމެއް ނުކުރެއްވުމަށްވެސް އެމަނިކުފާނުވަނީ ސިޓީގައި އެދިވަޑައިގެންފައެވެ.

ރައީސް ސާލިހުގެ ފަރާތްޕުޅުން އިންތިހާބީ ރައީސް ޑރ މުއިއްޒު ބައެއް ކަންކަމުގައި އެހީތެރިކަމަށް އެދިވަޑައިގެންފައިވާއިރު، ޑރ މުއިއްޒުއަށް ސަރުކާރާއި ހަވާލުވުމުގައި އެއްބާރުލުން ދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވެއިވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: