ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރަށް ފަހު ތިންކަމެއް ހާސިލް ކުރެވިއްޖެ: ފިރުޒުލް

ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ފަހު ތިން ކަމެއް ހާސިލް ކުރެވިގެން ދިޔަކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

މާފަންނު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ފިރުޒުލް ހިއްސާކުރެއްވީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ރާއްޖެއަށް ކަންޑައަޅައިފާއިވާ ބޭރުގެ އެކި ސަފީރުން ޒިޔާރާތް ކުރައްވަމުން ގެންދަވާކަމެވެ. މިހާތަނަށް 9 ގައުމެއްގެ ސާފީރަކު އެމަނިކުފާނާއި ބައްދަލުކުރައްވާފައި ވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި އިންގިރޭސި ވިލާތް، ޗައިނާ، އިންޑިއާ، ޖަޕާން، ޕާކިސްތާން، ޔޫއޭއީ، ބަންގްލަދޭޝް، ސައުދީ އަރަބިއްޔާ އަދި ލަންކާ ހިމެނެއެވެ. އެ ބައްދަލުވުންތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ވަރުގަދަ ކުރުމަށް މަޝްވަރާކުރެވިގެން ދިޔަކަމަށް ފިރުޒުލް ވިދާޅުވިއެވެ. އާސަރުކާރުން ރައްޔިތުނަށް ވެވަޑައިގަންނަވާފައިވާ ވައުދުތައް ފުއްދެވުމުގައި އެސަފީރުންނާއި ރައްޔިތުނާއި އަދި އިންވެސްޓަރުންގެ ޝާމިލުވުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ކެމްޕެއިން ތެރޭގައިވެސް އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އިންޑިއާއި ރާއްޖެއާއި އޮތް ގުުޅުމާއި އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ގާއިމްވެ ތިބި ތިބުމާއި ގުޅޭގޮތުން ދެކެވުނު ވާކަތަށް ކަމަށެވެ. ޑރ. މުއިއްޒު ސަފިރާއި ބައްދަލުކުރައްވާ ދިވެހިރައްޔިތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިއްބަވަން ބޭނުން ނުވާކަމަށް ނިންމާފައިވާމަށް އެ ސަފީރު އަރިހުން ދަންނަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވެފައެވެ. އިންޑިއާ ސަފީރު އެ ނިންމެވުމަށް އިހްތިރާމް ކުރައްވާ ކަމަށާއި، ދިވެހިރާއްޖޭގެ ސިޔާދަތަށް ފުރިހަމައަށް އިހުތިރާމު ކުރައްވާނެ ކަމަށާއި އަދި ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަށް އަދާކުރުމުގައިވެސް ލުއި ގޮތްތަކެއް ހޯއްދަވާދެއްވާނެ ކަމަށް މަޝްވަރާ ކުރައްވާނެ ކަމަށް އިންޑިއާގެ ސަފީރު ދަންނަވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މީގެއިތުރުން ފިރުޒުލް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ސަފީރުންނާއި ބައްދަލުކުރައްވާނެ ކަމަށެވެ. އިންތިހާބީ ރައީސް ހުވާކުރައްވާ ދުވަހުން އަވައްޓެރި ހުރިހާ ގައުމުތަކުގެ އިސްވެރިންނަށް ދައުވަތު އަރުވާނެ ކަމަށް ވިދާޅުވިއެވެ.

އިންތިގާލީ ކޮމިޓީތަށް އެކުލަވާލުމުގެ މަސައްކަތްތަށް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އިންތިހާބުގެ ކުރިއަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރިތަށް ވެފައި ވަކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި އިންތިގާލީ ކޮމިޓީތަކަށް ބާއްވާ ހާއްސަ ޓްރެނިންގ ޕަރޮގްރާމު ތަކެއް ކުރިއަށް ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވީ ޖުމްލަ 15 ޓީމެއް އެކުލަވާލައިފައިވާނެ ކަމަށެވެ. ސަރުކާރަށް ހިއްސާވާ 7 ޓީމަކާއި ދައުލަތުގެ އެކިއެކި މުވައްސަސާ ތަކާއި އިދާރާތަކަށް 8 ޓީމެއް އެކުލަވާލައިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ފިރުޒުލް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވަނީ ފަރުވާތެރިކަމާއެކު އެހެންނަމަވެސް ވަރަށް ބާރު ސްޕީޑެއްގައި ކަމަށެވެ. އެންމެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: