ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނުތަކަށް ލުއިގޮތެއް ހައްދަވާދެއްވާނެކަމަށް އިންޑިއާގެ ސަފީރު ވިދާޅުވި: މުއިއްޒު

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންޑީއާގެ ސަފީރު މުނޫ މަހާވަރު ބައްދަލުކުރުން: ފޮޓޯ/ އިންތިހާބީ ރައީސްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ މެދުވެރިކޮށް ރާއްޖެއިން ނެގި ލޯންތަކަށް އެ ގައުމުން ލުއި ގޮތްތަކެއް ހަދަދިނުމަށް މަޝްވަރާކުރައްވާނެ ކަމަށާއި އިންޑިއާއާ އެކު އޮތް އެހެން މައްސަލަތައް ވެސް ހައްލު ކުރަން އެ ގައުމު ތައްޔާރަށް އޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު ދިމްޔާތުގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު މިދިޔަ ބުދަ ދުވަހު ވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު އާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފައެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނު ދެ ކަމަކީ އިންޑިއާ މެދުވެރިކޮށް ރާއްޖެ އިން ނަގާފައިވާ ލޯންތަކާ ގުޅޭ ގޮތުންނާއި އިންޑިއާގެ ސިފައިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބޭ މައްސަލައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ދައުލަތުގެ ދަރަނި 114 ބިލިއަން ރުފިޔާ އަށް އަރާފައިވާ އިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ދަރަނި ހިއްސާ ކުރަނީ އިންޑިއާ އިންނެވެ. އަދި ކެމްޕެއިން ތެރޭގައި މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާނެ ކަމުގެ ޔަގީންކަން ދިވެހިންނަށް ދެއްވައިފައެވެ.

މީގެއިތުރުން ލޯންތަކަށް ލުއި ގޮތްތަކެއް ވާން ބޭނުންވާ ވާހަކަ އާއި ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަން ބޭނުންވާ ވާހަކަ އާއި އެއްބަސްވުންތަކުގެ ތަފްސީލްތައް ނޭނގޭތީ، ޓްރާންސިޝަނަލް މުއްދަތުގައި އެއްބަސްވުންތައް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ވާހަކަ ދެންނެވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: