ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ރައީސްގެ އޮފީސް ސްޓެލްކޯ އިމާރާތުގައި ގާއިމުކޮށްފި!

ރައީސް ސޯލިހު އަދި އިންތިހާބީ ރައިސް ޑރ މުއިއްޒު /ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އޮފީސް ހިނގަމުންދާނީ ސްޓެލްކޯގެ އިމާރާތުގައިކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުން އިންތިގާލީ މަރުހަލާގެ ތެރޭގައި ރައީސް މުއިއްޒުގެ އޮފީސް ހިނގަމުންދާނީ ސްޓެލްކޯ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައިކަމަށެވެ. އެ އޮފީހަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ޑރ މުއިއްޒުއަށް އިންތިހާބީ ރައީސްގެ ގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން ގާއިމުކޮށްފައިވާ އިދާރާއެއްކަމަށާއި އެ އިދާރާ އުފެއްދެވީ މި މަހުގެ ފަސް ވަަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށް ބުނެފައިވެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރެއްވުމަށްޓަކައި ޑިރެކްޓަރ ޖެނަރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސާފައިވަނީ ޕީއެންސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހީމް އަބްދުﷲ

ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް، 2023 އޮކްޓޫބަރު 5ވަނަ ދުވަހު ނެރުއްވި ދެންނެވުމަކުން، ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގާފައިކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: