ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ވޯޓާއި މެދު ކަންބޮޑުވުމެއް ނެތް، ސަރުކާރުގެ ހިޔާނާތްތައް ވެސް ބަލަން ޖެހޭ: ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި މަގާމުން ވަކި ކުރުމުން މައްސަލައެއް ނެތްކަމަށާއި، ސަމާލުކަން ދޭންވީ މި ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު އޮތް އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީގެ ޒިންމާ އެބޭފުޅުން އަޅުވަނީ ރައީސް ނަޝީދަށެވެ. އެއީ އެމަނިކުފާނާއި އަރިސް މެމްބަރުންތައް ޕާޓީން ވަކިވެ ދިން ގެއްލުންތަކެއްގެ ސަބަބުން ކުރިމަތިވި ހާލަތެއްކަމަށް އެބޭފުޅުން ގަބޫލު ކުރެ އެވެ.

ފުރަތަމަ ބުރަށް ފަހު މަސްލަހަތައްކަމަށް ބުނެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމުން ވެސް ރައީސް ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރެއްވި އެވެ. އަދި ވިދާޅުވަމުން ގެންދެވީ ދިވެހިން ބޭނުން ވަނީ “އިބޫ ނޫން ގޮތެއް” ކަމަށެވެ. އެ މައްސަލަ ގޯސްވެ، ރައީސް ނަޝީދާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ވަރަށް ބޮޑަށް އަމާޒު ކުރި އެވެ.

އަނެއްކާވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި ރިޔާސަތުގެ ކޮންޓްރޯލް ނެގުމުގެ މަސައްކަތް ފެށުމުން ރައީސް ނަޝީދު ވިދާޅުވީ މިވަގުތު އިސްކަން ދޭންވީ އެއަށް ވުރެ މުހިންމުކަމަކީ ސަރުކާރުގެ އެތެރޭގެ ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅުތައް އެޅުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުން ދުރުކުރުމަކީ އެމަނިކުފާނަށް އޮތް މާބޮޑު މައްސަލައެއް ނޫންކަމަށާއި، ސަރުކާރުން ހިންގާފައިވަ ޖަރީމާތަކަށް އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ރޭގެ ވަގުތެއްގައި އެމްޑީޕީގެ މެމްބަރުންނަށް ފޮނުވި މި މެސެޖުތައް އެބޭފުޅުން ސިފަ ކުރަނީ ބިރު ދެއްކުމުގެ އަމަލެއްގެ ގޮތުގަ އެވެ.

އިންތިހާބަށް ފަހު މައްސަލައް އިތުރަށް ގޯސްވީ، ބަރުލަމާނީ ގަރާރު ފާސް ކުރުމަށް ފަހު އެމްޑީޕީގެ ސްޓޭންޑަކީ ބަރުލަމާނީ ނޫން ގޮތެއް ހޯދައި ރައީސް ނަޝީދަށް ކާމިޔާބު ވިޔަދީގެން ނުވާނެކަމަށް މެމްބަރުން ގޮވާލި ހިސާބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: