ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ހައްޤެއް: އިންތިޚާބީ ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ހައްޤެއް ކަމަށް އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭން ޖެހޭ އަސާސީ ހައްޤެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި މިމަގަށް ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

“މި އަސާސީ ޙައްޤު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެންނެވެ. އަޅުގަނޑުގެ ސަރުކާރުގައި މި މަގަށް ސިޔާސަތުތައް ބައްޓަންކުރާނަމެވެ. ” އިންތިޙާބީ ރައީސް ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު، ޑރ. މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވަނީ ނަފްސާނީ ދުޅަހެޔޮކަމާއި ބެހޭ ޤާނޫނެއް އެކުލަވާލައި، ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް އިންޓަނޭޝަނަލް ހޮސްޕިޓަލެއް ލ. ގަމުގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހެވެ. ވޯލްޑް ފެޑެރޭޝަން ފޯ މެންޓަލް ހެލްތުއިން 1992 ވަނަ އަހަރު ފާހަގަ ކުރަން ފެށި މި ދުވަހަކީ ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއިންވެސް ފާހަގަ ކުރާ ދުވަހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: