ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބި ރައީސް ހުވާ ކުރައްވާނީ ޖުމްހޫރީ މައިދާނުގައި: މަޖިލިސް

ފޮޓޯ: އެލީޒް/ އިންތިހާބީ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އަދި އެމަނިކުފާނުގެ ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް މަގާމުގެ ހުވާ ކުރައްވުމުގެ ރަސްމީއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.

ޒިޔާއު ވިދާޅުވީ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް މަޖިލީހުން ނިންމާފައިވާކަމަށެވެ. އަދި ރަސްމިއްޔާތު ބާއްވާނެ ގަޑިއެއް ފަހުން އަންގަވާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. ޑރ. މުއިއްޒު ވަނީ އާންމު ރައްޔިތުންނަށްވެސް ބައިވެރި ވެވޭނެ ގޮތަށް ޖުމްހޫރީ މައިދާނުގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިދިނުމަށް މަޖިލީހުގައި އެދިވަޑައިގަންނަވާފައެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ޑިރެކްޓާރ ޖެނެރަލް އޮފް ޓާރާންސިޝަން އަބްދުއްރަހީމް އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި އަބްދުއްރަހީމާއި ޕްރޮގްރެސިވް ކޯލިޝަނުގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރި ވަޑައިގެންފައިވާއިރު މަޖިލީހުގެ އިދާރާއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އެވެ.

މީގެއިތުރުން 2018 ވަނަ އަހަރު ރައީސް އިބަރާހިމް މުހައްމަދު ސާލިހް ހުވާ ކުރައްވާފައިވަނީ ގަލޮޅު ދަނޑުގަ އެވެ. އެހެންނަމަވެސް ގަލޮޅު ދަނޑުގެ ބަދަލުގައި ޖުމްހޫރީ މައިދާން ބޭނުންފުޅުވަނީ މާލޭގެ އެންމެ މުހިންމު މައިދާނަށްވުމާއިއެކު ގައުމީ ބޮޑު ދިދައިގެ ކޯއްޓޭ ވެސް އެތަނުގައި ހުރުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ބޭނުންފުޅުވަނީ ވީހާވެސް ގިނަ ރައްޔިތުން އެ ރަސްމިއްޔާތުގައި ޝާމިލް ވުންކަމުގައިވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: