ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ މުވައްސަސާއަކުން ވެސް އެއްބާރުލުން ލިބޭ: އަބްދުއްރަހީމް

ފޮޓޯ: އެލީޒް/އިންތިހާބީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ކުރިއަށް ގެންދަވާ އިންތިގާލީ މަރުހަލާގެ މަސައްކަތް ކުރުމަށް ސަރުކާރުގެ މުވައްސަސާތަކުން އިންތިގާލީ ކޮމިޓީގެ ބޭފުޅުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެވެ.

އިންތިހާބީ އޮފީހުން ސިލްސިލާ ގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުންތަށް ބާއްވާ އިންތިގާލީ މަރުހަލާގެ ކަންކަން އަންނަނީ މީޑިއާތަކާއި ހިއްސާކުރައްވަމުންނެވެ. އެހެން ކަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ވެރިކަމުގެ ބާރުތަށް ބަދަލުކުރުމުގެ މަރުހަލާގައި ގަނޫނާއި އެއްގޮތަށް އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ދާކަމަށެވެ. މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސަރުކާރުގެ ހާލަތާއި މުވައްސަސާ ތަކުގެ ހާލަތު ދެނެގަނެ އެކަންކަން ހިނގާގޮތް އޮޅުފިލުވުމުގެ މަސައްކަތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މުވައްސަސާތަކުން ސާފުކުރާ މައުލޫމާތަކީ އިދާރީ ކަންކަމާއި، މުވައްސަސާގެ މެންޑޭޓްކަމާއި، އިދާރީ އޮނިގަނޑު ހަމަޖެހިފައި އޮންނަ ގޮތާއި، އިދާރީ ގޮތުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ސިޔަސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އިދާރީ މަގާމުތަކުގައި އިސްކޮށްތިއްބަވާ ބޭފުޅުންނަކީ ކޮބައިތޯއާއި، އަދި މީގެއިތުރުން ތަނުގެ މާލީ ހާލަތު ހުރި ގޮތާއި އަދި ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ އިންތިގާލީ މަރުހަލާގެ ބޮޑު ބައެއް މިމަހުގެ 15 އަށް ނިންމާލެވޭނެ ކަމަށެވެ. 15 ކޮމިޓީއެއް އެކުލަވާލައި ކޮންމެ ކޮމިޓީއެއްގައި 40 ބޭފުޅުން މަސައްކަތްކޮށް، ޖުމްލަ 500 ބޭފުޅުން ކޮމިޓީތަކުގައި ބައިވެރިވާކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ސަރުކާރުގެ ހުރިހާ މުވައްސަސާ ތަކަކަށް ސިޓީ ފޮނުވާފައިވާއިރު އެ މުވައްސަސާތަކުން ޖަވާބުވެސް ލިބިފައިވައިކަމަށް ވިދާޅުވިއެވެ. އަދި އެ މުވައްސަސާތަކަށް އިންތިގާލީ ކޮމިޓީތަކުގެ ޓީމުން ޒިޔާރާތް ކުރައްވާފައި ވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: