ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒު އެމެރިކާ ސަފީރާއި ބައްދަލުކުރައްވައިފި!

ޑރ މުއިއްޒު އެމެރިކާ ސަފީރާއި ބައްދަލުކުރައްވަނީ: ފޮޓޯ/ އިންތިހާބީ ރައީސްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ހިއުގޯ ޔޮން އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުއާއި ބައްދަލުކުރައްވައިފިއެވެ.

ޑރ މުއިއްޒުގެ އޮފީހުން ހާމަކޮށްފައިވާގޮތުން ސަފީރު ހިއުގޯ ޑރ މުއިއްޒުގެ އަރިހަށް ކުރެއްވީ އިހުތިރާމުގެ ޒިޔާރަތެކެވެ. އަދި މި ބައްދަލުވުމުގައި ޑރ މުއިއްޒުގެ ވެރިކަމނުގެ ދައުރުގައި އެމެރިކާ އާއި ރާއްޖޭގެ ގުޅުން މިހާރަށްވުރެވެސް ހަރަދުނާކުރެވިގެންދާނެކަމުގެ އުންމީދުކުރައްވާކަމަށް އޭނާ ހިއްސާކުރެއްވިކަމަށާއި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އައު ހަރުފަތަކަށް ގެންދިއުމަށްވެސް އުންމީދުކުރައްވާކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ހިއުގޯ ވިދާޅުވީ، ރާއްޖޭގެ އެކި ދާއިރާތައް ތަރައްގީކުރުމަށްޓަކައި އެމެރިކާގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ޑރ މުއިއްޒުގެ އޮފީހުން މައުލޫމާތު ދީފައިވާގޮތުން ދިވެހިރާއްޖެ އެމެރިކާ ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖެގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކުން އެ ގައުމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެއެވެ. އަދި އަލަށް ގާއިމުކުރި އެމްބަސީގެ ސަބަބުންވެސް މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: