ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގައި ސިޔާސީ މީހުން ތިބެގެން ނުވާނެ: ޑރ މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ ގޮތުން މަސައްކަތްކުރައްވާ އެއްވެސް މީހަކު ހުރެގެން ނުވާނެކަމަށް ގަބޫލުކުރައްވާކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގުޓީީވީއަށް ދެއްވި އިންޓަރވިއުއެއްގައި ޑރ މުއިއްޒުވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާކުރެވި ހަގީގީ މިނިވަންކަން އަންނަން ޖެހޭކަމަށެވެ. ޑރ މުއިއްޒު ވިދާޅުވީ ޕީއެންސީގެ މަޖިލީސް މެމްބަރުންނާއި އެކު އެ މަސައްކަތްތައް ކުރެއްވުމަށް މަޝްވަރާތައް ކުރައްވާނެކަމަށާއި ޖޭއެސްސީ ކޮމްޕޮޒިޝަންގައި އެއްވެސް ސިޔާސީ މީހަކު ހުރެގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީގެ މެމްބަރުކަމަކީ އެ މީހަކު އަންނަ މަގާމެއްގެ ސަބަބުން ލިބޭނެ އެއްޗަކަށްވެސް ވެގެން ނުވާނެކަމަށާއި އެތަނުގައި ތިއްބަވަންވާނީ ޖުޑިޝަލް ދާއިރާގެ މީހުންކަމަށް ފާހަގަކުރެއްވިއެވެ. ޑރ މުއިއްޒު ވިދާޅުވީ، އެތަނުގައި ތިއްބަވަންޖެހޭނީ ރިޓަޔާރކުރައްވާފައިވާ ފަނޑީޔާރުން ފަދަ ބޭފުޅުންކަމަށެވެ.

ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އެ ވިސްނުމާއި އެއްފަދަ ގޮތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރެއްވުމަށް އުންމީދުކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ މަގު ފަހިވެ ހަގީގީ މާނައިގައި ޖޭއެސްސީއަކީ ސިޔާސީ ނުފޫޒު ނުވަންނަ ތަނަކަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށެވެ.

ޑރ މުއިއްޒު ވިދާޅުވީ، އެކަން ހާސިލުކުރައްވަން މިހާރު މަޖިލީހުގައި ހުށައެޅިފައިވާ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭނަމަ އެކަންވެސް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި ޕީއެންސީއަކީ މަޖިލީހުގައި މައިނޯރިޓީ ޕާޓީއެއް ނަަމަވެސް އެހެނިހެން ޕާޓީތަކާއި އެމްޑީޕީއިންވެސް މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފުރަތަމަ ދުވަހުން ފެށިގެންވެސް ޖޭއެސްސީ މިނިވަންކުރުމަށް މަސައްކަތްތައް ފައްޓަވަން ބޭނުންވެވަޑައިގަންނަވާކަމަށާއި ރައްޔިތުންނަށް ހިތްހަމަޖެހުމުގެ ފުރަތަމަ ނޭވާއެއް ލެވޭނެކަމަށް ފެންނަ އެއްކަމަކީ އެތަނަށް ސަރުކާރުގެ ނުފޫޒެއް ނުވަންނާނެކަން ޔަގީންވުމުންކަމަށެވެ. އެހެންކަމުން ސިޔާސީ މީހުން ނުހިމެނޭނެ ކޮމްޕޮޒިޝަންއެއް އޮންނަ ގޮތަށް ބަދަލުކުރުން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ، އިސްވެ ދެންނެވީ އެމަނިކުފާނުގެ އެ މައްސަލައިގައި ގެންގުޅުއްވާ ވިސްނުންކަމަށާއި އެހެންކަމނުން އެގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށާއި ކަންކަން ކުރިއަށް ގެންދެވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: