ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

24 ގަޑިއިރު ތެރޭ ޣައްޒާ ހުސްކުރުމަށް އަންގައިފި!

އިސްރާއީލުން ޢައްޒާއަށް ވައިގެ ހަމަލާތައް ދޭ މަންޒަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ތިބި 1.1 މިލިއަން މީހުން އެތަން ދޫކޮށް ނުގޮސްފިނަމަ ބޮޑެތި އިންސާނީ ގެއްލުންތައް ލިބިދާނެކަމަށް ބުނެ އިސްރާއީލުން އިންޒާރުދީފިއެވެ.

އދ އިން ހާމަކޮށްފައިވާގޮތުން، އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ޣައްޒާގައިތިބި 1.1 މިލިއަންއަށްވުރެ ގިނަ އަދަދެއްގެ މީހުން ދެކުނުގެ ސަރަހައްދަކަށް ދިއުމަށް އިރުޝާދު ދީފައެވެ. އަދި އެކަން ކުރުމަށް އެ ގައުމުންވަނީ 24 ގަޑިއިރު ދީފައިކަމަށާއި މިއީ އެއްގަމުގެ ސިފައިން ބޭނުންކޮށްގެން ހަމަލާއެއް ދިނުމަށް ރާވާފައިވާ ރޭވުމެއްގެ ބައެއްކަމަށް ފަލަސްތީނުގެ ރައްޔިތުން ދެކޭކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އެހެންނަނަމަވެސް އދ އިންވަނީ އެއީ ބޮޑެތި ގެއްލުންތަކެއް ނުލިބި ކުރެވޭނެ ކަމެއް ނޫންކަމުގައި ދެކޭކަން ހިއްސާކޮށްފައެވެ. އިސްރާއީލުގެ ސިފައިން އދ އިން ދީފައިވާ ރައްދާއިމެދު ވަކި އެއްޗެއް ބުނެފައިނުވާއިރު އެ ގައުމުންވަނީ ޣައްޒާ ވަށައި ޓޭންކު ފަދަ ބަރު ހަތިޔާރު ޖަމާކޮށްފައިކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

އިސްރާއީލުގެ ފަރާތުން އދއަށް ކަނޑައެޅިފައިވާ ސަފީރު ވަނީ އެ ވާހަކަތައް ސާފުވިކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ. އެގޮތުން ޕަަލަސްތީނުގެ ރައްޔިތުންނަށް ކުރީބައިގައި އިންޒާރު ދިނުމުން އދ އިން އަމަލުކުރަމުންދަނީ ލަދުވެތި ގޮތަކަށްކަމަށް އޭނާ ބުނެފައިވެއެވެ. އަދި އދ އިން މަސައްކަތްކުރަމުންދާންވީ ހަމާސް ޖަމާއަތް ކުށްވެރި ކުރުމަށާއި އިސްރާއީލުގެ ހައްގަށްކަމަށް ބުނެފައިވެއެވެ. ހަމާސް އިން ބުނެފައިވާގޮތުން އިސްރާއީލުން އިންޒާރުތަކެއް ދީފައިވަނީ ރައްޔިތުންގެ ތެރޭގައި އޮޅުވާލުންތައް އުފެއްދުމަށާއި އެއްބައިވަންތަކަން ނައްތާލުމުގެ ނިޔަތުގައެވެ. އެހެންކަނުން އެ ދަންތުރައިގައި ނުޖެހުމަށް އިލްތިމާސްކުރާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: