ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކުއަޑޯރގެ ރައީސްކަމަށް ޑެނިއަލް ނޮބޯއާ!

އެކުއަޑޯރގެ އިންތިހާބީ ރައީސް ޑެނިއަލް ނޮބޯއާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މައިދާނުގައި އަލަށް ފާހަގަކުރެވެން ފެށި މީހެއްކަމަށްވާ ޑެނިއެލް ނޮބޯއާ އެކުއަޑޯރގެ ރައީސްކަމުގެ މަގާމު ކާމިޔާބުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑީއާތަކުން ބުނާގޮތުން އެކުއަޑޯރގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެފައިވާ ޑެނިއެލްއަކީ ސިޔާސީ މައިދާނުގައި މާ ބޮޑު ތަޖުރިބާތަކެއް ހާސިލުކޮށްފައިވާ މީހެއް ނޫނެވެ.  އަދި އޭނާއަކީ ދޮންކެޔޮ ވިއްކުމުގެ މައްޗަށް ބިނާވެފައިވާ ވިޔަފާރިއެއްގެ ވެރިޔާއަށް ވާން ހުރި މީހާއެވެ. އޭނާ އިންތިހާބު ކާމިޔާބުކޮށްފައިވަނީ އެކައުޑޯރގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ރައީސްކަމުގެ މަގާމަށް ވާދަކުރި މީހަކު މަރުވެފައިވަނިކޮށެވެ.

މީޑިއާތަކުން ބުނާގޮތުން ޑެނިއެލްއަށް ނޮބޯއާއަށް ލިބުނީ 52.1 އިންސައްތަވޯޓެވެ. އޭނާގެ ވާދަވެރިޔާއަށް ލިބުނީ 47.9 އިންސައްތަ ވޯޓެވެ. ވާދަވެރިޔާ ލުއީސާ ގޮންޒާލެސް ވަނީ ބަލި ގަބޫލުކޮށް އޭނާ ވައުދުތައް ފުއްދުމަށް ގޮވާލާފައެވެ.

ޑެނިއެލް ނޮބޯއާ އެކުއަޑޯރގެ ރައީސްކަމުގެ މަގާމަށް އައިސްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލަތައް ބޮޑުވެ އެ ގައުމުގެ ރައްޔިތުންގެ ތެރޭގައި އެކަމުގެ ނުރައްކާ ކުރިމަތިވެދާނެ ދުވަހާއި މެދު ސުވާލު ކުރެވެމުންދަނިކޮށެވެ. ބައެއް މީޑިއާތަކުން ބުނާގޮތުން އެފަދަ މައްސަލަތައް ގިނަވުމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށްވަނީ ގެދޮރު ދޫކޮށް ނުކުތުންވެސް ދަތިކަމަކަށްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: