ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކުއަޑޯރގެ މަސްތުވާތަކެތީގެ ގާނޫނަށް ބޮޑު ބަަދަލެއް!

އެކުއަޑޯރގެ އައު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުއަޑޯރގެ އައު ރައީސް ވެރިކަމާއި ހަވާލުވިތާ 48 ގަޑިއިރުގެ ތެރޭގައި އެ ގައުމުގައި މަސްތުވާތިކެތި ވަކި މިންގަނޑަކަށް ގެންގުޅެވޭ ގޮތަށް އޮތް އުސޫލު ބަދަލުކުރައްވައިފިއެވެ.

މީޑިއާތަކުން ބުނާގޮތުން އެކުއަޑޯރގެ ރައީސް ޑެނިއަލް ނޮބޯއާ ބަދަލުގެންނެވީ މީގެ އެތަކެއް އަހަރެއް ކުރިން ގާއިމުކޮށްފައިވާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގެ ދަށުން ވަކި ވަރަކަށްވުރެ މަދުން މަސްތުވާތަކެތި ގެންގުޅުމުން ކުށަކަށް ނުވެއެވެ.

މީޑިއާތަކުން ބުނާގޮތުން ޑެނިއަލް ނޮބޯއާ ނެންގެވި ފިޔަވަޅުން އޭނާ ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދެއްވަނީ ފުއްދިފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރީގެ ސަބަބުން މީހުން މެރުމާއި ކިޑްނެޕްކުރުމުގެ އިތުރުން އެހެނިހެން އެފަދަ ބޮޑެތި ކުށްތަކަށް އެ ގައުމުގައި އަރައިގަންނަ މީހުންގެ އަދަދުތައް ކުރިން މަތިވެފައިނުވާ މިންވަރަށް މަތިވެފައިވުމުން އެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެކުއަޑޯރގެ ރައީސް އޮފީހުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން ކުރިން ގާނޫނު އޮތް ގޮތުގެ ސަބަބުން ކުދި އަދަދުތަކުގެ މަސްތުވާތަކެތި އެއް ތަނުން އަނެއްތަނަށް ގެންދިއުމަށް ހިތްވަރު ލިބިގެންދެއެވެ. އަދި އެއީ އެކުއަޑޯރގެ މުޖުތަމައަށް ހުރި ބޮޑު ނުރައްކަތެއްކަމަށްވެސް ބުނެފައިވާއިރު، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މައުލޫމާތު ހިއްސާކޮށް ހުއްޓުވުމަށް ފިޔަވަޅުތައް އެޅުމަށާއި ރީހެބްގެ ހިދުމަތްތައް ދިނުމަށްވެސް ނޮބޯއާވަނީ ކަމާއި ބެހޭ މިނިސްޓްރީތަކަށް އަންގަވާފައެވެ.

ވަކި މިންވަރަކަށް މަސްތުވާތަކެތި ގެންގުޅޭވޭނެ ގޮތަށް ގާނޫނެއް އެކުލަވާލީ އެ ގައުމުގެ ކުރީގެ ރައީސް ރަފައެލް ކޮރޭއާގެ ވެރިކަމުގެ ދައުރުގައެވެ. އެގޮތުން 2013 ވަނަ އަހަރު މި ގާނޫނު އެކުލަވާލީ މަސްތުވުމަކީ ސިއްހީ މައްސަލައެއްކަމަށާއި ބޭނުންކުރާ މީހުން ޖަލަށް ފޮނުވަން ނުޖެހޭކަމަށް ބުނެކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: