ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފަންޑެއް ހޯދައިގެން ވިޔަސް ފޮނުވާލަން ޖެހޭ: އާމިރު

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯނެއް ނަގައިގެން ނަމަވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން ޖެހޭ ކަމަށް ރައްތިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލުގެ ބަހުސް މަރުހަލާގައި އާމިރު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ ދައްކާއިރު އެމީހުންގެ ޝަކުވާތައް ގިނަ ކަމަށެވެ. އޭގެތެރޭގައި ޓޫރިޒަމްއާއި މަސްވެރިކަމާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެހެން އެތައް ދާއިރާއެއްގައި މަސައްކަތް ކުރާ މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އާމިރު ވިދާޅުވި ގޮތުގައި ހައްލު ގެނެވެން އޮތީ، ރަނގަޅު އުސޫލެއްގެ ތެރެއިން މަސައްކަތްކޮށްގެންނެވެ. އެކަމަކު މައްސަލައަކީ ރާއްޖޭގައި އެކަމަށް ބޭނުންވާ ތަރުތީބު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން މަސައްކަތް ތެރިންގެ ހައްގު ރައްކާތެރި ކުރަންޏާ މިހާރުން މިހާރަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތައް ފޮނުވާލާ. ކޮންމެ ތަނަކުން ފަންޑު ހޯދައިގެން ނަމަވެސް ބޭރުން ލޯނެއް ނަގައިގެން ނަމަވެސް ފޮނުވާލާ

އާމިރު ވިދާޅުވީ ބިދޭސީން މަސައްކަތް ކުރާ ކޮންޓްރެކްޓަކީ ގާނޫނުގެ ތެރެއިން ހެދިފައިވާ ކޮންޓްރެކްޓެއް ނަމަ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އަދިވެސް އުޅެން ޖެހެނީ މަސައްކަތްތެރިންގެ ހައްގުތަށް ރަނގަޅަށް އަދާ ނުކުރެވިގެން ކަމަށެވެ. ހަމަ އެހެންމެ ރާއްޖޭގެ ބޮޑު ބައި އޮތީ ބޭރު މަސައްކަތްތެރިންގެ މައްޗަށް ބިނާވެފައިކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއްވެސް އުސޫލެއް ނެތި އަދި ވޯކް ޕާމިޓެއްވެސް ނެތި ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުންދާ ކަމަށެވެ.

މީގެއިތުރުން ކޮންމެ މީހަކަށްވެސް ހައްގު ލިބޭއިރު ބައިނަލްއަގްވާމީ މުއާހަދާތަކާއިބެހޭގޮތުގެ މަތީން ރާއްޖޭގައި ހަރުތާލު ކުރުމުގެ ހައްގު ފުޅާދާއިރާއެއްގައި ދޫކޮށްފިނަމަ ވާނެ ގޮތަކާއި މެދު ވިސްނަވަންޖެހޭ ކަމަށް އާމިރު ވިދާޅުވިއެވެ. އާމިރު ވިދާޅުވީ ރާއްޖެއަކީ މިތަނުގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގެ ކުޅަދާނަކަން ނެތް ގައުމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: