ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އިސްލާމްވިތާ 870 އަހަރު، ލޯކުރިމަތިން މުސްލިމުން މަރާ ކުދި ކުރަނީ!

ރާއްޖޭގެ މިސްކިތެއްގައި ރޯދަމަހު ތަރާވީޙް ނަމާދުކުރަނީ. ފޮޓޯ: ދިއިސްލާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހަކަށްވެސް މި ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނަސީބަކީ، ނިޢުމަތަކީ އިސްލާމީ ޙިދާޔަތުގެ އަލި ނޫރެވެ. ކޮންމެ ބަޔަކުވެސް އެދޭނީ ޖާހިލުކަމާޢި، ޢާފިލުކަފިލުކަމުގެ ނިދިން އުއްމަތް ހޭއަރާ ތަހުޒީބަށް ލޯހުޅުވިފައިވާ ބަޔަކަށްވުމެވެ.

މީގެ އެތައް ސަތޭކަ އަހަރުކުރިން މި މަތިވެރި ނަސީބުވަނީ ދިވެހިންނަށް ލިބިފައެވެ. ތާރީހުގެ ފަތްފުއްތަކުން ފެންނަން ހުރިގޮތުގައި ދިވެހިރާއްޖެ އަކީ ބުދު ދީނަށާއި، ހިންދޫދީނަށް އަޅުކަން ކުރަމުން އައި ބަޔަކު އުޅުނު ގައުމެކެވެ. އެއީ މީގެ 870 އަހަރުކުރިއެވެ. ބުނެވޭގޮތުގައިއެއީ މީލާދީ ސަނަތުން 1153 ހައިތަނެވެ. ހިޖްރީ ތާރީހަށް ބަލާއިރު އެއީ މީގެ 897 އަހަރުކުރިއެވެ.

އިންޑިއާ ކަނޑުގައި ޖަޒީރާ ގައުމެއްގެ ގޮތުގައި ގިނިކަންޏާ މިއޮތް ދިވެހިރާއްޖެ މިއަދުވަނީ ސައްތައިންސައްތަ އިސްލާމީ ވަހުދަތުގެ ހިދާޔަތުގެ ދަށުގައެވެ. އެމާތް ނޫރުގެ އަލިކަން ހައްދެއްނެތް މިންވަރަށް ލިބުނު މަދު ގައުމުގެ ލިސްޓުގެ ކުރީގައެވެ.

މައުރިބްކަރައިގެ ޝެއިޙެއް ރާއްޖެ ކުރެއްވި ދަތުރެއްގައި ދިވެހިންނަށް ދައްކުވައިދިންމަގުން މިއަދު ހިނގަމުންދާއިރު، ބައެެއްފަހަރު އަރިއަޅާލާ ކައްސާލަންވެސް އުޅެއެވެ. މިއީ ދުނިޔޭގެ އޮއިވަރާއި ފިކުރީ ހަނގުރާމައިގެ ތެރެއިން އަންނަ ރޯޅިތަކުގެ ނަތީޖާ ކަމަށްވެގެންދެއެވެ. ނަމަވެސް މި މާތް ދީން ފޮހެލުމަށް މަސައްކަތް ކުރާ ކޮންމެ މީހެއްގެ ކަރުބުޑުގައި ވޭނީ ހިތިރަހަ ލައްވަން ދިވެހިންތިބީ ގޮށްމުއްކަވާފައެވެ.

ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެއޮވެމެ ދަރިންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާ އަށަގެންނެވުމަކީ މުސްލިމް ކޮންމެ މަންމަޔަކާއި ބައްޕައެއްގެ ވާޖިބުކަންވެސް ޔަގީނެވެ.

ދަރިން ހެޔޮގޮތުގައި ތަރުބިއްތުކޮށް އިސްލާމީ ތައުލީމް އުނގަންނައިދޭން ޖެހެއެވެ. ތަހުޒީބާއި ތަމައްދުންގެ ދުނިޔެއަކަށް ދުނިޔެ ހުޅުވިފައިވާއިރު، ދުނިޔޭގެ އޮއިވަރަށް އަންނަ ބަދަލުވެސް ކުދިންނަަށް އަންގައިދީ އިސްލާމްދީނަށް ލޯބި ކުރާ ދަރިންތަކަކަށް އެކުދިން ހަދަންޖެހެއެވެ. އިސްލާމީ ހިދާޔަތުގެ އަލިނޫރުން އެކުދިންގެ ހިތްތައް އަލިކޮށްދޭން ޖެހެއެވެ. މިއީ ގައުމު އެދި ގޮވާ ގޮވުމެވެ. ވީއިރު ދުނިޔޭގެ ކޮންމެ ގައުމެއްގާއި ތިބި ކަމުގައިވީނަމަވެސް މުސްލިމުންގެ ހިތުގައި ޖަހަނީ މުޅިއުއްމަތުގެ ވިންދެވެ. ލޭ ގައި ކެކި އުތުރި އަރަނީ މުސްލިމުންގެ ލެއެެވެ. މިއީ ކޮންމެ ތަނެއްގައި ތިއްބަސް އެއް ހަަށިގަނޑެއްގެ ބަޔެކެވެ. އެއް މުސްލިމެއްގެ ހަށިގަނޑުގައި ވޭން އަޅާ ކަމުގައިވާނަމަ މުޅި އުއްމަތުގެ ހަށިގަނޑުގައިވެސް ވޭން އަޅައެެވެެ.

2023 ވަނަ އަހަރު، ރާއްޖެ އިސްލާމްވީ ދުވަހާއި އަޅުގަނޑުމެން ކުރިމަލާންޖެހުނުއިރު، މިއަދުވަނީ މުޅި އުއްމަތުގެ މޭ ކަށިގަނޑުގައި ބިންދާލަން ޔަހޫދީ ޒަޔަނިސްޓުންގެ މަކަރުވެރި ރޭވުންތެރިކަމާއި، ނުލަފާ ހީލަތްތެރިކަމުން މުސްލިމުންގެ ބިންތައް މުސްލިމުންގެ ލެއިން ކަޅިކުރަން ފަށާފައެވެ. މުސްލިމުންގެ ލޭތައް ބިމަށް އޮހުރުވަމުންގެންދަނީ ރަހުމުގެ ކަންފުޅެއްވެސް ނެތިއެވެ. މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމުގައިވާ މަސްޖިދުލް އަގްސާ ބިމާ ހަމަކުރަން ފަށާފައިވާ މަގުސަދުގެ ދަށުން، އެ ބިމެއްގައި އަގްސާ މިސްކިތް ހިމެނޭ ފަލަސްތީނުގެ ރައްޔިތުންނަށްވަނީ ލާއިންސާނީ އަނިޔާއި، ބިރުވެރިކަމާއި، ނާމާންކަމާއި، އަދިރިކަމާއި، ބަޑުހައި ހޫނުކަމާއި، ކުރިމަތިލާން މަޖުބޫރުކޮށްފައެވެ.

ގުދުސަކީ ﷲ ތައާލާ ޔަހޫދީންނަށް ދެއްވުމަށް ވައުދުވެ ވޮޑިގެންފައިވާ ބިމެއްކަމަށް ބުނެ ޒައިނިޒަމްގެ ނަމުގައި ސިއްރު ރޭވުންތަކެއް ރާވަމުންނެވެ. ބަޑިޔާއި ބޮމުގެ ހަމާލާތައްދީ ގަތުލު އާންމު ހިންގަމުންނެވެ. މިހުރިހާ ޖަރީމާތައް ހިންގަމުންދަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި ގުޅިގެން މުސްލިމް އުއްމަތް ނެތިކޮށްލާ މުސްލިމުންގެ ވަސްވެސް ދުނިޔެއިން ފޮހެލުމުގެ ބޭނުމުގައެވެ.

ޔަހޫދީ އަނިޔާވެރިންގެ އެންމެބޮޑު ބޭނުމަކީ މަސްޖިދުލް އަގްސާ ބިމާ ހަމަކުރުމަށް މަަަސައްކަތްތެކެއް ކުރެވުމެވެ. އެފުރުސަތަށް ފެންބޮވާގެންފައިތިބި ޖައްބާރުން ކުށެއްނެތް އެތަކެއް ރައްޔިތުންމަރާ މުޅިދިރިއުޅުން އަދާއަޅިއަށް ހަދަމުންދާއިރު މުސްލިމުން ހަމަބަލަން ތިބެންވީތޯއެވެ. ނިކަމެތި އަންހެނުންނާއި، ކުޑަކުދިން މާރާ ހުސްކުރަމުންދާއިރު އަޅުގަނޑުމެން މަޑުންތިބެންވީތޯއެވެ. މައުސޫމް ކުށެއްނެތި ޅަ ފުރާނަތަކެއް ކަތިލާ ހުސްކުރަމުންދާއިރު ދުނިޔޭގެ އެދުންވެރިކަމަށް ހެއްލިގަނެގެން ޔަހުދީންނަށް ބާރުދޭންވިތޯއެވެ.

ގައުމާއި ދީނުގެ ހިމާޔަތުގައި ޝަހީދުވާންވާން ކެރެންޖެހެވެ. އުއްމަތުގެ އަބްތާލުންދެއްކި މިސާލުން ހިތްވަރު އާކުރަންޖެހެއެވެ. ދުނިޔެއެއް އަޑަކުން ގޮވަމުންދާ އަނިޔާވެރި ޖައްލާދުންގެ ކިބައިން މުސްލިމުން މިނިވަން ކޮށްދެއްވުމަށްއެދި މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރުކަމުގައިވާ ދުޢާގައި ހިފާ އީމާންތެރިކަން ވަރުގަދަކޮށް ހައްގުގެ މަގުން މަގު ކޮށަންވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: