ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް/ޕީއެންސީގެ ވެރިކަން ވާނީ އިސްލާމްދީނާއި ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް: ޑރ މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: އަލްޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީގެ ވެރިކަން ވާނީ އިސްލާމްދީނާއި ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށްކަމަށް އިންތިހާޒީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި ވަނީ ދިވެހިރާއްޖެ އިސްލާމްވީތާ 897 އަހަރު ފުރޭ މުނާސަބާގައި، ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް މި އަރިސްކޮށްފައެވެ. އަދި އިސްލާމްދީނުގެ މަތިވެރި ޢަޤީދާއާ ތެދުމަގުގައި ދިވެހި އުންމަތް ތާއަބަދަށް ލެހެއްޓެވުން އެދި ކީރިތިﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.

އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 9 ޤަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށް ވާއިރު، މި ޤައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުންކަމަށް ޑރ މުއިއްޒު ވިދާޅުވެފައިވެއެވެ/ އަދި ދިވެހީންގެ މިނިވަންކަމާ، ރިވެތި އާދަކާދަތަކާ، މުއްސަނދި ޘަޤާފަތާ، އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީވެސް މާތްވެގެންވާ އިސްލާމްދީންކަމަށްވެސްވެއެވެ.

ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތްކަމީ މުޅި ދުނިޔެއަށް ނަމޫނާއެއްކަމަށް ފާހަގަކޮށްފައިވެއެވެ. މިއަދުގެ ދުނިޔޭގައި، ފިކުރީގޮތުންނާ، އިޤްތިޞާދީގޮތުންނާ، އަދި އިސްތިރާތީޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް ރާއްޖެއަށް އެބަހުރިކަމަށާއި، މިއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ޤައުމު އިސްކޮށްގެން، ދިވެހީންގެ މަޞްލަޙަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭގޮތްކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

17 ނޮވެމްބަރު 2023 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާއި ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށްކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. މި ޤައުމުގެ އިސްތިޤްލާލާ ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށްކަމަށާއި، ދިވެހީންގެ ރީތި އުޅުމާ ގުޅުމާ ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާ އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރުވާނެކަމަށްވެސް ވިދާޅުވިއެވެ.

ދިވެހީންގެ ހިތްތައް އިސްލާމީ ހިދާޔަތުގެ މަތީގައި ލަހައްޓަވާ، މި ދިވެހި ފަސްގަނޑަށް ނިސްބަތްވާ ކޮންމެ ދިވެހި ދަރިއަކީ އިސްލާމްދީނަށް ލޯބިކުރާ، ޤައުމު އިސް ކުރާ، ތެދުވެރި، އަމާނާތްތެރި، ޚުލްޤުހެޔޮ މުޥާޠިނެއްކަމުގައި ލެއްވުމަށް މި ބަޔާނުގައި ދުއާ ދަންނަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: