ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދަކީ ރާއްޖެ އިސްލާމްވީ ދުވަހެއް ނޫން: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ފާހަގަކުރަމުންދަނީ ޒަމާންތަކެއް ކުރިން ރަސްކަމުގައި ހުރި މީހަކު އިސްލާމްވީ ދުވަސްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަކުރާ މުނާސަބާއަށް އަލިއަޅުއްވައި ރައީސް ނަޝީދުވަނީ އެ ދުވަހާއި ގުޅޭ މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުން އިސްލާމް ދީން ބަލައިގަތީ އެއް ދުވަހެއްގައި ނޫންކަމަށެވެ. އަދި ފާހަގަކުރަމުންދާ ދުވަހަކީ އޭރުގެ ރަސްގެފާނު އިސްލާމްވީ ދުވަސްކަމަށާއި އެންމެހާ ބޭފުޅުންނަށް އެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާކަމަށެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި އަލަށް އިންތިހާބުވެވަޑައިގެންފައިވާ ރައީސް ޑރ މުއިއްޒުވެސް ވަނީ ދިވެހި ރައްޔިތުންނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެމަނިކުފާނުވަނީ ދިވެހިރާއްޖޭގެ މިނިވަންކަން ދެމިއޮތުމަށް އެދިވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 4%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: