ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަށް ހުރިހާ ވަގުތެއްގައިވެސް އިހުތިރާމްކުރަންޖެހޭ: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯޅ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއަށް ހުރިހާ ވަގުތުތަކެއްގައިވެސް އިހުތިރާމް ކުރަންޖެހޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް އިހުތިރާމްކުޑަވެގެންދާފަދަ ގޮތަކަށާް ދިވެހިރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސޯޝަލްމީޑިއާގައި ޕޯސްޓުތަކެއް ކުރި މައްސަލައާއި އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ބޭލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ސަރުކާރާއި އެ ގައުމުގެ ސަރުކާރާއި ދެމެދު ކޮންމެވެސް ވަރަކަށް މަސްރަހު ހޫނުކަމަށް ފެނިގެންދާއިރު، ރައީސް ނަޝީދުވަނީ އެކްސްގައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން އަމިއްލަ ގައުމުގެ ވެރިކަން ދަމަހައްޓަމުން އައިސްފައިވަނީ ރާއްޖެއަކީ ބުއްދިވެރިކަމާއިއެކު އަމަލުކުރަމުން އައިސްފައިވާ ގައުމަކަށް ވުމުގެ ސަބަބުންކަމަށެވެ. އަދި ރާއްޖެއަކީ ގަދަބާރުން ވެރިކަން ދަމަހައްޓާ ގައުމެއް ނޫންކަމަށްވެސް ފާހަަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިސްވެރިންނަށް ކުރިމަގު ފަހުމުން ނުކުރެވޭނަމަ އަދި ދުރު ނުވިސްނޭނަމަ ރާއްޖޭގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވެގެންދާނެކަމަށާއި، މޭމަތީގައި ބެރުތަޅަމުން ބިންމަތީގައި ފައިތަޅަމުންދާނަމަވެސް ދިވެހި ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ އަވަށްޓެރިޔާކަމަށާއި، އެގައުމަކީ ރާއްޖޭގެ އެކުވެރިއެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ހުރިހާ ވަގުތުތަކެއްގައިވެސް އިންޑިއާއަށް އިހުތިރާމް އަދާކުރަންޖެހޭނެކަމަށެވެ.

ރައީސް ނަޝީދު އިންޑިއާގެ ދިފާއުގައި ތެދުވެވަޑައިގެންފައިވާއިރު، ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ދިވެހި ފަސްގަނޑުގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތްތައް ނިންމުމުގެ ތާރީހެއްގެ ގޮތުގައި މާޗު 14 ވަނަ ދުވަސް ހުށައަޅުއްވާފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: