ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޔޫއިން އިސްރާއީލަށް ތާއީދުކުރަމުންދިއުމާއިކު ޔޫރަޕިއަން ޕާލިމެންޓުގައި ފާޑުކިޔައިފި!

ޔޫރަޕިއަން ޕާލިމެންޓުގައި އަޔަރލެންޑުގެ ދެކުނު ދާއިރާ ތަމްސީލުކުރައްވާ މެމްބަރު މިކް ވޮލެސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނާއި ޔޫކްރެއިންގެ ރައްޔިތުންގެ ދެމެދު ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތުން ގެންގުޅެމުންދާ ތަފާތުކުރުންތަކަށް ޔޫރަޕިއަން ޕާލިމެންޓުގައި އަޔަރލެންޑުގެ ދެކުނު ދާއިރާ ތަމްސީލުކުރައްވާ މެމްބަރު މިކް ވޮލެސް ފާޑުވިދާޅުވެއްޖެއެވެ.

މިކް ވަނީ އޭނާގެ އަމިއްލަ ސޯޝަލްމީޑިއާ އެކައުންޓުން މަޖިލީހުގައި ދެއްކެވި ވާހަކައެއްގެ ވީޑިއޯއެއް ހިއްސާކޮށް ހިނގަމުންދާ ކަންކަމާއިމެދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ބާރުގަދަ ގައުމުތަކުން ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމު ނުކުރުމުގެ ނޭދެވޭ އަސަރުތައް ކުރަނީ ކުދި ގައުމުތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، އދ އިން ލަފާކުރާގޮތުން 500 ދުވަހުގެ ހަނގުރާމައިގައި ޔޫކްރެއިންއިން 545 ކުދިން މަރުވިކަމަށެވެ.

އޭނާ ވިދާޅުވީ، ޣައްޒާއިން އަންނަ ރިޕޯޓުތަކުގައި ބުނާގޮތުން އިސްރާއީލުންވަނީ 10 ދުވަހުގެ ތެރޭގައި 1000 އަށްވުރެ ފަލަސްތީނުގެ ކުޑަކުދިން މަރާލާފައެވެ. އެންނަމަވެސް އޫރަޕިއަން ކޮމިޝަންގެ ރައީސް އާއި ޕާލިމެންޓުގެ ރައީސް އިސްރާއީލަށް ގޮސް އެ ގައުމުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކަށް ތާއީދުކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކް ވިދާޅުވީ، އެ އަނިޔާވެރިކަންވަނީ ނަސްލެއް ނެތިކޮށްލުމާއި އެއް މިންވަރަށް ބޮޑުވެގޮސްފައިކަމަށާއި އެކަން ދިމާވެފައިވަނީ އޯޕަން އެއަރ ޕްރިޒަންއެއްގައި ތާށިކޮށްފައި ތިބި މައުސޫމު ބަޔަކަށްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ ތެރެއިން އިސްރާއީލުން އަރައިގަންނަމުންދާ ކުށްތަކުގެ ލިސްޓު ކޮންމެ މިނެޓަކުވެސް ދިގުވަމުންދާކަމަށެވެ.

އެގޮތުން އެކަހެރިކޮށްގެން އާންމުންވެސް ހިމެނޭގޮތަށް ހަމަލާ ދިނުމާއި، ސަރަހައްދު ދޫކޮށް ދިއުމަށް މަޖުބޫރުކުރުމާއި މަނާ ހަތިޔާރު ބޭނުންކުރުން ފަދަ އަމަލުތަކަށް އަރައިގަންނަމުންދާކަމަށާއި ހާލަތާއި ނުބައްދަލު މިންވަރަކަށް އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ބާރުގެ ބޭނުންކުރުން ފަދަ އަމަލުތައްވެސް ހިންގާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، އިސްރާއީލުންވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ހަސްފަތާލުތަކުގެ އިތުރުން އިންސާނީ އެހީ ފޯރުވަމުންދިޔަ މީހުންނަށް އަމާޒުކޮށްވެސް ހަމަލާތައް ދީފައިކަމަށެވެ. އެހެންކަމުން ހާލަތާއި ނުބައްދަލު އަނިޔާވެރި އިސްތިއުމާރީ އަމަލުތަކަށް އީޔޫގެ ލީޑަރުން ތާއީދުކުރުމުން އެ މީހުންވެސްވަނީ އިސްރާއީލުގެ ކުށްތަކުގައި ބައިވެރިވެފައިކަމަށް ވިދާޅުވިއެވެ. އަދި އޭނާވަނީ ޔޫރަޕިއަން ޔުނިއަނުން ޕަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަހައްމިޔަތުކަމެއްދޭތޯ ސުވާލުކުރައްވާފައެވެ.

ވަރަށް ގަދަ
81%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: