ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބު އިބްޒާވްކުރަން އައި އީޔޫގެ ވަފުދުން ރައީސް ޔާމީންގެ ޝަރީއަތާއި ނުބެހޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއާއި ގުޅޭ ގޮތުން ރާއްޖޭގެ ކޯޓުތަކުގައި ކުރިއަށްދާ ޝަރީއަތުގެ މަރުހަލާތަކުގެ ތެރެއަށް ނުަވަދެވެނޭ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންކަން އޮބްޒާބްކުރަން ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވަފްދުގެ ޓީމުގެ ޗީފް އޮބްޒާވަރު ޚޯސޭ އިގްނާސިއޯ ސަންޗޭޒް އަމޯރު ވިދާޅުވެއްޖެއެވެ.

އިންސާފުވެރި، މިނިވަން އިންތިޚާބެއް ބޭއްވުމަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވަފްދުގެ އަރިހުން ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަންގާރަ ދުވަހު ވަނީ އެދިވަޑައިގެންފި އެވެ.

އެެެހެންވެ އީޔޫގެ އޮބްޒާވާ މިޝަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭ ގޮތުން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވައި ޗީފް އޮބްޒާވަރު ޚޯސޭ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ.

ހަމަ އެހެންމެ އިލެކްޝަން އޮބްޒާވަރުންގެ ގޮތުގައި ތިބެ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިލެކްޝަންގެ ހަގީގީ މަންޒަރު އަދި ނުފެންނަ ކަމަށެވެ. އެހެންކަމުން އިންތިޚާބު ނިމި 11 ސެޕްޓެމްބަރުގެ ކުރިން އީޔޫގެ އޮބްޒާވާ މިޝަންއިން ވަކި އެއްޗެއް ބުނެވެން ނެތް ކަމަށް ވިދާޅުވިއެވެ.

މުޅި އިންތިޚާބުގެ މަރުހަލާއަށް ބިނާކޮށް އިޔޫއިން ގާއިމްކޮށްފައިވާ މެތޮޑޮލަޖީއާ އެއްގޮތަށް ތަޖުރިބާކާރުން ހިމެނޭ ކޯ ޓީމް 31 ޖުލައިގައި ރާއްޖެއަށް އައިސްފައިވާ އިރު ދިގު މުއްދަތުގެ އޮބްޒާވަރުން 13 އޮގަސްޓުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާނެއެވެ.

މި މިޝަންއަކީ ދިވެހި ދައުލަތުން ދިން ދައުވަތަކަށް ޔޫރަޕިއަން ޔޫނިއަންއިން ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ފޮނުވި ޚާއްސަ ވަފުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: