ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބަށް ޔޫރަޕިއަން ޔުނިއަނުން ޓީމެއް އަންނަނީ!

އީޔޫގެ ފަރާތުން ރާއްޖޭގެ އިންތިހާބީ ކަންކަން ކުރިއަށް ދާގޮތް ބެލުމަށް ކަނޑައެޅިފައިވާ އިސް ފަރާތް ނާޗޯ ސަންޗޭޒް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކަންކަން ބެލުމަށް ޔޫރަޕިއަން ޔުނިއަންގެ ވަފްދެއް ރާއްޖެއަށް އައުމަށް ނިންމައިފިއެވެ.

ޔޫރަޕިއަން ޔުނިއަނުން މައުލޫމާތު ހިއްސާކޮށްފައިވާގޮތުން، އެ ޖަމާއަތުގެ ފޮރިން އެފެއަރޒް އަދި ސެކިއުރިޓީ ޕޮލިސީގެ އިސް މަންދޫބު ޔޫރަޕިއަން ކޮމިޝަނުގެ ނައިބު ރައީސް ޖޯސެފް ބޮރެލްވަނީ އެ ޖަމާއަތުގެ ފަރާތުން ރާއްޖޭގެ އިންތިހާބުގެ ކަންކަންދާގޮތް ބެލުމުގެ އިސް ފަރާތެއްގެ ގޮތުގައި ޔޫރަޕިއަން ޕާލިމެންޓުގެ މެމްބަރެއްކަމަށްވާ ނާޗޯ ސަންޗޭޒް އަމޯރް ވަނީ  ކަނޑައަޅުއްވާފައެވެ.

ބޮރެލް ވިދާލުވެފައިވާގޮތުން، ރާއްޖެއާއި އީޔޫ އިންދަނީ ގާތް ގުޅުންތަކެއް ދަމަހައްޓަމުންނެވެ. އަދި ދާދި ފަހުން ބްރަސެލްސްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ އެކަމުގެ ހެއްކެއްކަމަށް ބުނެފައިވެއެވެ. އޭނާ ވިދާޅުވީ، އެ ޖަމާއަތުން މަސައްކަތްކުރަމުންދަނީ އިލެކްޝަންސް އޮބްޒަވޭޝަން މިޝަން މެދުވެރިކޮށް ދިވެހި އިންތިހާބީ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި އެ ޖަމާއަތަކީ ރާއްޖޭގެ ގާތް ބައިވެރިއެއްކަމަށާއި ރާއްޖޭގައި ޑިމޮކްރެސީއަަށް ކުރަމުންދާ މަސައްކަތްތަކުގައި ފުރިހަމައަށް ޝާމިލުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ޔޫރަޕިއަން ޔުނިއަންގެ ފަރާތުން ރާއްޖޭގެ އިންތިހާބީ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް އައްޔަނުކުރެވިފައިވާ ނާޗޯ ސަންޗޭޒް ވިދާޅުވެފައިވާގޮތުން، އޭނާ އަށް ލިބިވަޑައިގަތީ ޝަރަފެކެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ ޑިމޮކްރެސީގެ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭނެ ދުވަހެއްކަމަށާއި ރާއްޖޭގެ އެންމެހާ ސިޔާސީ ޕާޓީތަކުންވެސް ސައްހަ އަދި ދެފުށް ފެންނަ ފަދަ އިންތިހާބެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: