ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިން ދޭންޖެހޭ ފައިސާ ލިބޭނެ އަވަސްގޮތެއް ހޯދަންޖެހޭ: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކުންފުނިން ރައްޔިތުންނަށް ދޭންޖެހޭ ފައިސާ އަވަސް ގޮތަކަށް ހޯދައިދެވޭނެ މަގެއް ދައުލަތުން ހޯދަންޖެހޭކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީވާ މައްސަލައާއިމެދު ވާހަކަދައްކަވަމުނުް ހަސަން ވިދާޅުވީ، މައިގަނޑު ތިން މައްސަލައަކަށް ހައްލު ހޯދަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، ފެނަކަ ކުންފުނިން އާންމު ރައްޔިތުނާއި ކުދި ކުންފުނިތަކުން ކުރުވާފައިވާ މަސައްކަތަށް ދޭންޖެހޭ ފައިސާ ލިބޭނެގޮތެއް އަވަހަށް ދައުލަތުން ހޯދައިދޭންޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، އެތައް ބައިވަރު ކުންފުންޏަކުން އެތައް ބައިވަރު މަސައްކަތެއް ކޮށްފައިވާއިރު އެތައް މިލިއަން ރުފިޔާއެއް އެ ކުންފުނިތަކަށް ނުލިބި އޮތްކަމުގެ ވާހަކަތައް އިވެމުންދާކަމަށެވެ. ހަސަން ވިދާޅުވީ ކުންފުނިތަކުގެ އާމްދަނީ އަދި މުސާރައިގެ ގޮތުގައި ކަނޑައެޅިފައިވާ ފައިސާ ދައުލަތުގައި ހިފެހެއްޓިފައިވާކަމުގެ ވާހަކަތައްވެސް ދެކެވެމުންދާކަމަށެވެ.

ހަސަން ވިދާޅުވީ، ކަންކަން ހުރިގޮތުން ކުފުނިތަކަށާއި މުވައްޒަފުން ލިބިގެންދާ ނިކަމެތިކަމަކީ ސަރުކާރުން މިހާރަށްވުރެ ފުންކޮށް ވިސްނައި ހައްލުކޮށްދޭންޖެހޭނެ ކަންކަން ކަމަށެވެ. އޭނާ ވިދާޅުވީ ދެވަނަ މައްސަލައަކީ ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ 71 މިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހިމެނޭގޮތަށް 31 ކޮރަޕްޝަންގެ މައްސަލައެއް އެބައޮތްކަމަށެވެ.

އެ މައްސަލަތައް ބެލެންޖެހޭނެކަމަށާއި މައްސަލަތައް ނުބެލި ހުންނަކަމަށްވާނަމަ އެފަދަ އަމަލުތައް ހިންގާ މީހުންނަށް ހިތްވަރު ލިބިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ދެން އޮތީ ކުންފުނީގެ ދަރަނީގެ މައްސަލަކަމަށެވެ. އެގޮތުން އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނީގެ މައްސަލަވެސް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފެނަކަ ނޫނަސް އެ މިންވަރަށް ހިންގުމުގައި އިހުމާލުވެފައިވާ ކުންފުނިތައް ހުރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: