ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުމާއިމެދު ގޮތް ނިންމާނީ އާންމު މެމްބަރުން: ހަސަން ލަތީފް

ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އާއީ ޑިމޮކްރެޓްސްގެ ކުރިމަގާއިމެދު ގޮތް ނިންމާނީ ރައީސް ނަޝީދާއި އެހެނިހެން އިސްކޮށް ފެނިގެންދާ މީހުން ނޫންކަމަށާއި އެކަން ނިންމާނީ ދެ ޕާޓީގެ އާންމު މެމްބަރުންްކަމަށް އިންޓެރިމް ޗެއަރޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަންވަނީ ޑިމޮކްރެޓްސް އަދި އެމްޑީޕީގެ ގުޅުމާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން ޑިމޮކްރެޓްސް އާއިއެކު މަސައްކަތްކުރުމާއިމެދު ވަރަށް ގިނަ މީހުން ސުވާލު އުފައްދަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން ޑިމޮކްރެޓްސްއާއިއެކުތޯ ނުވަތަ ޑިމޮކްރެޓްސްއިން އެމްޑީޕީއާއިއެކުތޯ މަސައްކަތްކުރާނީ އެއީވެސް ކުރެވެމުންދާ ސުވާލެއްކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ އުފެދުނު އަސާސްތައް އާންމު ރައްޔިތުން ދަންނާނެކަމަށެވެ. އޭނާ ވިދާޅުވީ ޖެހިގެން އުޅޭ މައްސަލައެއް ޖެހިގެން އުޅެނީ ލީޑަރޝިޕުގެ ތެރޭގައިކަމަށާއި އިންތިހާބު ކާމިޔާބު ނުވީ އެމްޑީޕީގެ މެމްބަރުންގެ ސަބަބުންކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންތިހާބުގައި ނާކާމިޔާބުވުމަށް ދިމާވީވެސް ލީޑަރޝިޕުގެ ތެރޭގައި ހުރި ކަންކަމުގެ ސަބަބުންކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުން ޑިމޮކްެރެޓްސްއާއިމެދު އުންމީދުތަކެއް ގެންގުޅޭކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްގައި ތިއްބެވި މެމްބަރުންނާއިމެދު އުންމީދު ނަގާނުލާކަމަށެވެ. ހަސަން ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންނަކީ ގާތް ބައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ އެއީ އަބަދުވެސް ގާތްބައެއްކަމަށާއި އިންތިހާބެއްގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކާއިއެކު އެމްޑީޕީގެ ކެންޑިޑޭޓެއްވެސް ހުރުމުން ޕާޓީއެއްގެ ގޮތުގައި ވޯޓު ދިންނަމަވެސް އެއީ ޑިމޮކްރެޓުންނާއި ދުރު ބައެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

ހަސަން ވިދާޅުވީ، ޕާޓީގެ ވާހަކަ ދައްކާއިރު އެންމެ ބޮޑަށް ބަލަންވާނީ އާންމު މެމްބަރުންގެ ވާހަކަތައްކަމަށާއި ގޮތް ނިންުމުމަށް ތިބޭ ދެތިން މީހެއްގެ ވާހަކައަށް ބަލަން ނުވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މުހިންމުވަނީ ލީީޑަރޝިޕު ނޫންކަމަށާއި ޑިމޮކްރެޓްސްގެ އާންމު މެމްބަރުން ވަކި ގޮތަކަށް ވަކި ކަމެއް ކުރަން ނިންމުމުން ޗެއަރޕާސަންގެ މަގާމު އަދާކުރައްވާ މީހާއަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގައިވެސް އެކަން އޮންނާނީ އެގޮތަށްކަމަށެވެ.

އެމްޑީޕީގެ ލީޑަރޝިޕު މިވަގުތު އޮތީ ސުވާލު މާކެއްގެ ތެރޭގައިކަމަށް ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންތީބީ ރައީސް ޑރ މުހައްމަދު މުއިއްޒު ނޮވެމްބަރު 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހުންނަވާނީ އެމްޑީޕީގެ އެންމެ އިސް ފަރާތުގެ ގޮތުގައިކަމަށެވެ. އެހެންނަމަވެސް ޕާޓީގެ ރައީސް އާއި ނައިބުރައީސްއެއް ނެތްކަމަށާއި އެތައް ބައިވަރު ދާއިރާތަކެއްގެ ރައީސުންނެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ލީޑާރޝިޕުގެ ގޮތުގައި މިވަގުތު ބަލަންވީ ބަޔަކީ ރައީސް ސާލިހު އަދި މިވަގުތު ތިއްބެވި މީހުންކަމަށް ޔަގީންވެވަޑައިނުގްނަނަވާކަމަށް ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ޕާޓީގެ ތެރޭގައި ތިބި އެކުގައި މަސައްކަތްކުރަމުންދިޔަ މެމްބަރުންގެ އިތުބާރު ޑިމޮކްރެޓްސްއަށް އޮތްކަމަށެވެ.

އޭނާ ވިދާޅުވީ، ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް ނިންމުމަކީ އޭނާ ނުވަތަ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމުމެއް ނޫންކަމަށާއި އެހެނިހެން އިސްކޮށް ފެނިގެންދާ މެމްބަރުންގެ ނިންމެވުމެއްވެސް ނޫންކަމަށެވެ. ހަސަން ވިދާޅުވީ، ދެ ޕާޓީގެ ދެމެދު ހިނގާ މަޝްވަރާއެއްގެ ތެރެއިން ނޫން ގޮތަކަށް އެކަމެއް ނުއެއް ނިމޭނެކަމަށާއި އެއީ ކޮންމެ ޕާޓީއަކާއި އެކު މަސައްކަތްކުރުމާއިއެކުވެސް އަމަލުކުރާނެ ގޮތްކަމަށެވެ.

ވަރަށް ގަދަ
42%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 37%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: