ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަރީމާތައް ހިންގަނީ އިސްރާއީލުގެ ވަކިވަކި ފަރުދުންނެއް ނޫން: ހަސަން ލަތީފް

ހަސަން ލަތީފް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ދައުރު - އިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކަކީ ވަކި ވަކި ފަރުދުން ހިންގާ ޖަރީމާތަކެއް ނޫންކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ “ބޭން އިސްރާއެލް” ނުވަތަ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ގޮވާލާ ހުށައަޅާފައިވާ ޕެޓިޝަނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ ފަލަސްތީނުގައި ހިނގަމުންދަނީ އިންތިހާއަށް ކަންބޮޑުވުން ހުރި ކަންކަން ކަމަށާއި، ހިނގަމުންދަނީ ނަސްލެއް ފޮހެލުމުގެ މަސައްކަތްތައްކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެހެންކަމުން އެފަދަ ކަމެއް ހިނގަމުންދާއިރު، ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ކުޑަ ގައުމެއް ނަމަވެސް ދައުލަތެއްގެ ސިފައިގައި ކުރެވޭނެ މިންވަރުގެ ކަންކަން ކުރުން މިވަގުތު ލާޒިމުކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ އެގޮތުގެ މަތިން ކުރެވިދާނެ މަސައްކަތެއްކަމަށާއި އެކަންކަން ކޮންމެހެންވެސް ކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.

ހަސަން ވިދާޅުވީ، ޕެޓިޝަންގައި ހުރިކަންކަމަށް ފުރިހަަމައަށް ތާއީދުކުރައްވާކަަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ހިނގަމުންދަނީ އިސްރާއީލުގެ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކެއް ކަމަށެވެ. އެހެންނަމަވެސް އެއީ ވަކި ވަކި ފަރުދުން ހިންގަމުންދާ ޖަރީމާތަކެއް ނޫންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ރާވައި އިންތިޒާމުވެގެން މިވަރުގެ އިންސާނިއްޔަތާއި ހިލާފު އަމަލެއް ހިންގަމުންދާއިރު، ރާއްޖޭގެ ނިސްބަތުން އެޅެންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: