ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ފެނަކަ ބޭނުން ކުރީ އިންތިހާބު ކާމިޔާބު ކުރާ މެޝިނެއްހެން: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ އެމްޑީޕީން ސިޔާސީ ގޮތުން އަންނަ އިންތިހާބުތަށް ކާމިޔާބު ކުރުމަށް ބޭނުންކުރި އެންމެ ވަރުގަދަ އެއް ހަތިޔާރުކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ހިއްސާވާ ކުންފުންޏަކަށް ބޮޑު ގެއްލުމެއް ވެ، އެކަމުގެ އަސަރު ކުރީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ވިޔަފާރި ތަކުން ތަކެތި ނަގައި އެއަށް ފައިސާ ނުދިނުމާއި އަދި ސަރުކާރު ނިމިގެން ދާއިރު އެ ފައިސާ ލިބޭނެ ކަމާއިމެދު ސުވާލު އުފެދިފައި ވާކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. ފައިސާ ނުލިބުމުގެ ސަބަބުން އެތައް ކުންފުނިތަކެއް ބަނގުރޫޓުވެފައި ވަނީ އެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް މުސާރަ ނުދެވި އަދި މުދާ ގެނެވޭނެ އެއްވެސް ފައިސާއެއް ނެތުމުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ވިޔަފާރުތަކާއި ކުދި ކުންފުނިތަކަށް ވެފައިވާ ގެއްލުމުގެ ޒިންމާ ފެނަކައިން ނަގަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ 11 އެޕްރީލްގައި ހުށައެޅި މައްސަލަ އަކަށް މިހާރު ބަހުސް ކުރާއިރު ސަރުކާރު އޮތީ ނިމިފައި ކަމަށެވެ. އެެހެންކަމުން ވިސްނަވަންވީ ސަރުކާރު ޖަވާބު ދާރީ ކުރުމަށްވުރެ މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުން އިންތިހާޔަށް ބޮޑުވެފައިވާކަމާއި ދޭތެރޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފެނަކައިގައި ވަޒީފާތަށް އުފެދިގެން ދިޔައީ ކުރާނެ މާބޮޑު މަސައްކަތް ތަކެއް އޮވެގެން ނޫން ކަމަށާއި އަދި ވަޒީފާތަށް އުފެދިގެން ދިޔައީ އެ ކުންފުންޏަށްވެސް މަންފާއެއް ވާނެ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ އިންތިހާބުތަކަށް އެތަށް ހަރަދެއް ފެނަކައިން ކޮށްފައިވާކަމަށެވެ. ފެނަކައަށް ހުށަހަޅާ ބިލްތަކަކީ ވަކި ޕަސެންޓެއް އެކިފަރާތްތަކަށް ދޭގޮތަށް ވިޔަފާރީގެ މުއާމަލާތް ކުރަމުން ދިއުމުން ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ ކަރަޕްޝަން އިންތިހާއަށް އިތުރުވެގެން ދިޔަކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުން ފެނަކައިގެ ފައިނޭންޝިއަލް އޮޑިޓެއް ހަަދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭސީސީއަށް މިކަމާއި ގުޅޭ މައްސަލަތަށް ހުށައެޅި ނަމަވެސް އެކަން ނުބަލާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: