ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރުގައި ފެއިލްވާނެކަން ރައީސް ގަބޫލުފުޅު ކުރައްވާ: އާދަމް ޝަރީފް

ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑުތަނުން ފެއިލްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ގަބޫލުފުޅު ކުރައްވާކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. ހުޅުދުއްފަހަރަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބަލިވުމުން ދެވަނަ ބުރުގައި ވެސް ބަލިވެދާނެތީ ބަރުލަމާނީ ތައާރަފް ކުރުމުގެ ވާހަކަދައްކަވަން އެމްޑީޕީ އިން ފަށާފައިވާ ކަަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ އެދައްކަވަނީ ކޮން ބަރުލަމާނީ ނިޒާމެއްގެ ވާހަކަތޯ އާއި އެއީ އޮޅުވާލާ އޮޅުވާލުމެއް ކަމަށެވެ. އަދި ވައްކަން ކުރުމާއި، މަކަރު ހެދުމާއި، އަދި އޮޅުވާލުމަށް މިސަރުކާރަށްވުރެ ކުރިއަރާފައިވާ ސަރުކާރެއް ނޯންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއީން ދެވަނަ ދައުރެއް ހޯދާނަމަ، އެކަން ކާމިޔާބު ކުރެވޭނީ ވައްކަން ކޮށްގެން ކަމަށް ވިދާޅުވިއެވެ. ރައީސް ސާލިހް އިންތިހާބުން ބަލިވެދާނެކަމަށް ބިރުފުޅު ގަތުމުން ބަރުލަމާނީ އަށް ތާއީދުކުރަން ނިންމި ކަމުގައި ވިޔަސް ޕީޕީއެމް/ޕީއެންސީ އަކުން އެކަމަކަށް ތާއީދެއް ނުކުރާނެ ކަމަށާއި އެކަން އެއީ އެ ޕާޓީގެ އުސޫލުތަކުގައި ހިމެނޭ ކަމެއް ނޫން ކަމަށް އާދަމް ވިދާޅުވިއެެވެ. އަދި ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސް އާއެކު ބަރުލަމާނީގެ ވާހަކަ ދައްކަން އެ ޕީޕީއެމް/ޕީއެންސީ އިން ތައްޔާރު ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: