ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަކީ ބަތް ކައްކާ ކުޅޭ ތަނަކަށް ހަދައިފި: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަކީ ބަތް ކައްކާ ކުޅޭ ތަނަކަށް ހަދާފައިވާކަމަށާއި، ސިފައިން ވައްދައިގެން ނަމަވެސް މަޖިލީހުގެ ނިޒާމު ހިފަހައްޓައި މަޖިލިސް ކުރިއަށްގެންދިއުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވުމުން އެ މެންބަރުވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމަށް ދެކޮޅު ހަދާފައެވެެ. އަދި މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގައި އަޑުގަދަ ކުރަމުން ދިއުމުން މެންބަރުން ދިޔައީ ނިޒާމީ ނުކުތާނަގައި މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައިދިނުމަށް ރިޔާސަތުގައި އެދެމުންނެވެ.

އެގޮތުން ނިޒާމީ ނުކުތާނަންގަވާ އާދަމް ޝަރީފް ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައިއޮތްކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މަޖިލީހަށް ސިފައިން ވައްދައިގެން ނަމަވެސް މިކަން ނިންމަންޖެހޭ ކަމަށެވެ.

“މި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލާފައި މިގޮތަށް ދާއިރު، އަޅުގަނޑު ގަބޫލުކުރާގޮތުން މި ޤާނޫނުއަސާސީ ބުނާގޮތުން ސިފައިން ވައްދައިގެންވެސް މިކަން ނިންމަންޖެހޭ. މަޖިލީހަކީ ބަތް ކައްކާ ކުޅޭ ތަނަަކަށް ހަދައިފި” އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވެސް ގިނަ ވަގުތުތައް ހޭދަކޮށްފައިވަނީ މަޖިލީހުގެ ނިޒާމް ނެތުމުން ޖަލްސާ ކުރިއަށް ނުގެންދެވިގެނެވެ. އަދި ނަން އިއްވުމުންވެސް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހުގެ ތަޅުމުން ނިކުމެފައެއް ނުވެއެވެ.

އިއްޔެ ބޭއްވުނު މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ނިންމާލައިފައިވަނީ ވެސް މަޖިލީހުގެ ނިޒާމް ގެއްލި މަޖިލިސް ކުރިއަށް ނުގެންދެވިގެންނެވެ. އިއްޔެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: