ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓަށް ޑރ މުއިއްޒުގެ ތައުރީފު

ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝީއޭޓިވް އިން ރާއްޖޭ ކުރިއެރުވުމުގައި މުހިންމު ރޯލެއް އަދާކުރާނެކަމަށް ގަބޫލުކުރައްވާކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބޭރުގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ޑރ މުއިއްޒު ވިދާޅުވީ، ޗައިނާއާއި ރާއްޖޭގެ ދެމެދު ޒަމާންވީ އެކުވެރި ގުޅުމެއް އޮންނަކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޗައިނާ އަދި ރާއްޖެ ގުޅިގެން އެތައް މަސައްކަތެއް ކުރެވިފައިވާކަމަށާއި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ފާހަގަކުރެއްވިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕު ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ކުރެވިފައިވާ އެންމެ ތައުރީފު ހާސިލުކޮށްފައިވާ މަސައްކަތްތައްކަން އިންތިހާބީ ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން އެތައް ލައްކަ މީހުންނެއްގެ ދިރިއުޅުން ބަދަލުވެފައިވާކަމަށާއި އެކަމުގެ ފަސޭހަތައް ދިރިއުޅޭ މީހުންގެ އިތުރުން ޒިޔާރަތްކުރާ މީހުންނަށްވެސް ލިބިގެންދާކަމަށެވެ. އަދި ގްރޭޓާރ މާލެ ސަރަހައްދުގެ މަލަމަތިވެސް ބަދަލުވެފައިވާކަމަށް ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ އެ ނޫނަސް ބެލްޓް އެންޑް ރޯޑު ޕްރޮޖެކްޓުގެ ދަށުން ކުރެވިފައިވާ މަސައްކަތްތައް ހުރިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސޯޝަލް ހައުސިންގާއި އެއަރޕޯޓު ބިނާކުރުމުގެ މަސއްކަތްތަކުގެ އިތުރުން އެތައް މަސައްކަތްތަކެއް ޗައިނާގެ އެކި އެހީގެ ދަށުން ކުރެވިފައިވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓުގެ ސަބަބުން އެކަމާއި ގުޅިފައިވާ އެހެނިހެން ގައުމުތަކަށްވެސް ފައިދާތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި އެއީ ކުރިއަށް ދިއުމުގައި ރަނގަޅު މަގެއް ކަމަށް ދެކިވަޑައިގަންނަވާކަމަށާއި ޗައިނާގެ ފަރާތުން ބިނާކުރަނިވި ގޮތެއްގައި ރާއްޖެއަށް ބޭނުންވާ އެހީތައް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: