ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިނީ ޖަވާބުދާރީވާން 30 މިނެޓު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވާން ރައީސް މުހައްމަދު ނަޝީދަށް 30 މިނެޓު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމައިފިއެވެ.

މަޖިލީހުގެ އާންމު ކޮމިޓީއިންވަނީ އެ ކޮމިޓީގެ ބައްދަލުވުމެއްގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބު ދިނުމަށް 30 މިނެޓު އަދި ކޮންމެ މެމްބަރަކަށް ބަހުސް ކުރުމަށް ތިން މިނެޓު ކަނޑައަޅާފައެވެ. އެ ހުށައެޅުއްވުމަކީ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރުގެ ހުށައެޅުއްވުމެކެވެ.

މެމްބަރު މުހައްމަދު ޝާހިދު ވަނީ މީގެ ކުރިންވެސް މަޖިލީހުގައި އެފަދަ މައްސަލައެއްގައި ގޮތް ނިންމާފައިވާކަމަށް ފާހަގަކޮށްފަައެވެ. އަދި ރައީސް ނަޝީދަށް ޖަވާބުދާރިވުމުގައި ފުރުސަތު ދޭނެ އުސޫލެއްވެސް އޭނާ ހިއްސާކުރެއްވިއެވެ. އޭނާ ހުށައެޅުއްވީ ބަހުސް ފަށާއިރު 10 މިނެޓާއި މެދުތެރެއިން ދިހަ މިނެޓު އަދި ނިމޭއިރު 10 މިނެޓުގެ ވަގުތެއް ދިނުމަށެވެ.

މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވަނީ ރައީސް ނަޝީދު ދިފާއުކުރައްވާފައެވެ. އަދި ވަގުތު އިތުރުކުރުމަށް ވަކާލާތުކޮށްފައިވާއިރު ރައީސް ނަޝީދަށް ޖަވާބުދާރީ ވުމަށް ފުރިހަމަ ފުރުސަތު ނުލިބޭނެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވެއެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ވަނީ އާޒިމްގެ ވާހަކަތަކަށް ތާއީދުކޮށްފައެވެ. އަދި އެ މައްސަލައިގައި ގޮތް ނިންމުމުގެ އިހުތިޔާރު ކޮމިޓީއަށް އޮތްކަމަށްވެސް އަލިއެޅުއްވިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: