ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ރައީސް ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވާ 2023 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވާދަ ކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި، އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި، ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

ޑރ. މުއިއްޒު ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ މިއަދު ހަވީރު 4:00 ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިންތިހާބީ ރައީސް ވަނީ ރޭ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި މާލެ ސަރަހައްދުގައި ކެމްޕެއިން ކުރެއްވި ކެމްޕެއިން ޓީމްތަކާއިވެސް ވެސް ބައްދަލު ކުރައްވާފައެވެ. އިންތިހާބުވިފަހުން އެމަނިކުފާނު ވަނީ 2 އޮކްޓޯމްބަރުގައި މާލެ ސަރަހައްދުގައި ދިރުއުޅުއްވާ ރައްޔިތުންނާއިވެސް ސޯޝަލްސެންޓަރުގައި ބައްދަލު ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގައި އެންމެ އިސްކަން ދެއްވާނީ އެންމެ ބޮޑު ތާއިދު ލިބިފައިވާ ރަށްތަކަށް ކަމަށެވެ.

އިންތިހާބީ ރައީސް އަދި ހުވާ ކޮށްފައިނުވާއިރު، މިހާރުވެސް އެމަނިކުފާނު ދަނީ ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ. އަދި ވައުދުތައް ފުއްދުމުގައި ދެމި ހުންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގައި އެންމެ އިސްކަންދޭނެ ރަށްތަކާއި ގުޅޭގޮތުން ޑރ. މުއިއްޒު ވިދާޅުވީ، ކެމްޕެއިނުގައި ވީ ވައުދާއި އެއްގޮތަށް އެންމެ އަވަހަށް ވަޑައިގަންނަވާނެ ރަށަކީ އެންމެ ރަނގަޅު ނަތީޖާއެއް ލިބުނު ރަށްތައް ކަމަށެވެ.

އެގޮތުން ތ. ގުރައިދޫއަށް ވަޑައިގެންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެމަނިކުފާނުގެ އެ ވައުދާއި އެއްގޮތަށް ބެލެވޭގޮތުގައި ދެން ވަޑައިގަންނަވާނީ ތ . ގުރައިދޫ އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: