ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކުރާނަން: އިންތިހާބީ ރައީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާގެ ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށްދެއްވާނެކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒުވަނީ ބޯ ވިއްސާރަވެހޭކަމަށްވުމުން ވާހަކަ ކުރުކޮއްލައްވާނެކަމަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވީ، ހުރިހާ ރައްޔިތުން އިންތިހާބީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު(ސެމްބެ) އަށާއި އެމަނިކުފާނަށް ދެއްވި ހޫނު ތަރުީހާބާއި ތާއީދަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށާއި އިންތިހާބުގެ ދެ ބުރުގައިވެސް އެ ސަރަހައްދުން ބޮޑު ތާއީދެއް ލިބިވަޑައިގެންނެވިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ވެވަޑައިގެންނެވި ވައުދުތަކާއި އެއްގޮތަށް ހިޔާ ސަރަހައްދުގައި ކަންކަން އިންތިޒާމުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަަށެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓު ހެދުމުގެ މަރުހަލާގައި ތެރެއިން ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމަށް ހިމަނާފައިވާނެކަމަށެވެ. އެހެންކަމުން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުވާނެކަމަށާއި އެތަނުން އެއް ލިފްޓަކީ ސްޓްރެޗާރ އެރުވޭނެވަރުގެ ބޮޑު ލިފްޓެއްކަމަށް ފާޙަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދެވަނަ ލިފްޓަކީ ސާދަ މީހުން ކެޕޭސިޓީ ހުންނާނެ ލިފްޓެއްކަމަށެވެ. ވިއްސާރަ ބޯކޮށްލުމާއިއެކު ވާހަކަކޮޅު ކުރުކޮށްލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވީ ވައުދުތަކާއި އެއްގޮތަށް ކަންކަން ތަންފީޒުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: