ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ ރައީސް ކަންކަން ނިންމަވާނީ ދިވެހިންގެ މަސްލަހަތު ހިމާޔަތްވާނެ ގޮތަކަށް: ފިރުޒުލް

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް. ފޮޓޯ: އެލީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނު ކަންކަން ނިންމަވާނީ ދިވެހިންގެ މަސްލަހަތު ހިމާޔަތްވާނެ ކުރެވޭ ގޮތަށްކަމަށް އިންތިގާލީ ކޮމެޓީގެ ތަރުޖަމާނުމުހައްމަދު ފިޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އިންތިގާލީ ކޮމެޓީން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި، އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަަށް ފިރުޒުލް ވިދާޅުވީ، އިންތިހާބީ ރައީސްގެ ވިސްނުންފުޅަކީ ދިވެހިން އިސްކޮށް ނިންމަވާ ކޮންމެ ނިންމުމެއް ބަލައިގަތުން ކަމަށެވެ. އަދި ދިވެހިންގެ އިސްލާމީ ސަހުޝިއްޔަތު ހިމާޔަތް ކުރެވި ނެގެހެއްޓޭނެ ގޮތްތަކަށް އަމަލު ކުރެވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ކަމަށެވެ.

އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ގިނަބަޔަކުދަނީ ގޮވަމުންނެވެ. އެގޮތުން ފަލަސްތީނުގެ ހިމާޔަތުގައި ރޭ މާލޭ މަގުމައްޗަށް ގިނަބަޔަކު ނުކުމެފައިވާއިރު އެ ރައްޔިތުން ގޮވާލެއްވީ އިޒްރޭލު ބޮއިކޮޓް ކޮށް ޕާސްޕޯޓުން ރާއްޖެ އެތެރެވުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގެ މުސްލިމިންނަށް ލާއިންސާނީ އަނިޔާކޮށް ރަހުމެއްނެތް ހަމަލާތެއްދޭ ގައުމަކާއި އެއެވެސް ގުޅުމެއް ރާއްޖެއިން ބޭއްވުމަކީ އެއްވެސް ވަރަކަށް ދިވެހިން އެދޭ ގޮތެއް ނޫންކަމުގައެވެ.

12 އޮކްޓޯބަރުގައި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ އިސްރާއީލުގެ ރައްޔިތުން ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ޤަރާރެއްވެސް ހުށަހަޅާފަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަށް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށް އެ ޤަރާރުގައި ވަނީ ބުނެފައިވެއެވެ. އިސްރާޢީލުގެ ލާއިންސާނީ ޢަމަލުތަކާމެދު ދެކޮޅު ހެދުމުގެ ގޮތުން ރާއްޖެއަށް އިސްރާޢީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށާއި، އިސްރާޢިލުގައި އުފައްދާ އަދި އެޤައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެ ކުރުން މަނާކުރުމަށް ވެސް ގަރާރާއި އެކު ގޮވާލާފައެވެ. އިސްރާޢީލާ ރާއްޖެއާދެމެދު އެއްވެސް ގުޅުމެއް ޤާއިމްކޮށްފައިވާނަމަ އެފަދަ ހުރިހާ ގުޅުމެއް ސަސްޕެންޑުކޮށް އިސްރާޢީލުން ހިފަމުންދާ ފަލަސްތީންގެ ހުރިހާ ބިންތަކުން ފައިބާ، މެދުއިރުމަތީގައި ސުލްހަ ގާއިމްކުރެވެން ދެން މި ފިޔަވަޅުތައް ދެމެހެއްޓުމަކީ މުހިއްމު ކަމެއްކަމަށް ދެކޭކަމަށްވެސް ޤަރާރުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ ގަރާރެއް ހުށަހަޅުއްވާފައިވާއިރު، އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެދި އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މިމަހު 19 ވަނަ ދުވަހު ބަޔާނެއް ނެރެފައެވެ.

އެގޮތުން އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު ބާޔާނުގައި ބުނެފައިވަނީ ރާއްޖޭގެ މަޝްރަހުދަނީ ގޯސް ވަމުންކަމަށާއި، އެ ގައުމުގެ ރައްޔިތުން މި ވަގުތު ރާއްޖެއަށް ދަތުރު ކުރުމަކީ ރަނގަޅު ކަމެއްނޫންކަމަށެވެ. 
ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: