ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހައްގުން ފްލެޓުގެ ކަންކަން ކުރިޔަށް ގެންގޮސްފައި ވާނަމަ ފިޔަވަޅު އަޅާނަން: ފިރުޒުލް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުއްﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އުސޫލުތަކުގެ ބޭރުން ޝަރުތުހަމަނުވާ ފަރާތްތަކަށް ފްލެޓުތައް ދީފައިވާނަމަ އޮންނަ މަރުހަލާގެ ތެރެއިން އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ވަށާޖެހޭ ހައްލެއް ހޯދައިދެވޭނެ ކަމަށާއި، އުސޫލުތަކުގެ ބޭރުން ޝަރުތުހަމަނުވާ ފަރާތްތަކަށް ދީފައިވާ ފްލެޓްތަކުގެ ޝަކުވާ ބޮޑު ކަމަށެވެ.

ފިރުޒުލް ވިދާޅުވީ ސިޔާސީ ވިސްނުމެއްގައި ވަކިފަރާތަކަށް ޓާގެޓްކޮށް ކުރެވޭ މަސައްކަތްތަކަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި، މިފަދަ ކަންތައް ރަނގަޅުގޮތުގައި ބަލާނެ ކަމަށެވެ. އެގޮތުން ހައްގުން ބޭރުން ކޮށްފައިވާ ކަންތައް އަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށްދާ 4000 ފްލެޓް އެލޮކޭޓްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވަރަށް ބޮޑެތި ކަންބޮޑުވުންތަކާއި ވަރަށް ގިނަ ޝަކުވާތައް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ލިބެމުންދޭ

ފިރުޒުލް މިހެން ވިދާޅުވެފައިވާއިއިރު، ފުލެޓް ދިނީ އިންސާފުން ނޫންކަމަށް ބުނެ އާންމުންވަނީ އިހުތިޖާޖެއް ވެސް ކޮށްފައެެވެވެ. އާންމުންގެ މި އިހުތިޖާޖަކީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ދަށުން، މި ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ ސްކީމަށް އެދި ފޯމުތައް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ޕްލޭނިން މިނިސްޓްރީން އާންމުކުރުމާއި ގުޅިގެން ކޮށްފައިވާ އިހުތިޖާޖެކެވެ.

މި ސަރުކާރުން އަޅާ 4،000 ފްލެޓު ދޭނޭ ފަރާތްތައް ކަނޑައަޅާފައިވާ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމެއް ހައުސިން މިނިސްޓްރީއަށް ގޮސް ތަހުގީގަށް މައުލޫމާތު ވެސް އެއްކޮށްފައެވެ.

މިކަމާއި ގުޅިގެން އެސީސީން ބުނީ ފްލެޓް ދޭން އުޅޭ ގޮތާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ މި ސަރުކާރުން ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯތި ދޫކުރަން ކުރާ މަސައްކަތްތަކާއި ގުޅިގެން އާންމުންގެ އެތައް ބައެއްގެ ޝަކުވާ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ލިބެމުންދާކަމަށެވެ.

އެގޮތުން ފިރުޒުލް ވިދާޅުވީ މި މަސައްކަތާއި ގުޅޭގޮތުން މިހާ ބޮޑެތި ކަންބޮޑުވުންތަކެއް އަދި މިހާ ގިނަ ޝަކުވާތަކެއް ހުރި އިރު، އަވަސް އަރުވާލައިގެން މި މުއްދަތުގެ ތެރޭގައި މުޅި ޕްރޮސެސްއާ ދޭތެރޭ އެއްވެސް އިތުބާރެއް ނެތްގޮތަށް ކުރެވިފައިވާ އަމަލުތައް ބަަލާނެ ކަމަށެވެ. އެގޮތުން މި މައްސަލަ ކުރިއަށް ގެންގޮސް ނިންމުމަކީ އެއީ ވަރަށް ގިނަ މައްސަލަތަކަށް މަގުފަހިވާނެކަމެއް ކަމަށް ވާތީވެ، އޭސީސީންވެސް ލަފާ އަރުވާފާވާގޮތަށް، ކުރިއަށް ދާނެ ކަމަށެވެ.

މީގެ އިތުރުން އެސީސީއާއި ގުޅިގެން ހުރި މައްސަލަތައް ދެނެގަނެ ފްލެޓާއި ގޯއްޗާއި ގުޅޭގޮތުން ހުށައެޅިފައިވާ މައްސަލަތައް ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: