ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އަމަލުތައް ހުރީ ކުކުޅު ހަނޑޫ ކާ އުސޫލުން: މުފީދު

މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ ސަރުކާރުގެ އަމަލުތައް ބައްޓަން ކުރެވިިފައި ވަނީ ކުކުޅަށް ކާންދޭން ހަނޑޫ އުކާލުމުން ކުކުޅު ތަން ހާވާގޮތަަށް ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެ އެވެ.

ސަންގުން ގެނެސްދޭ 2023 ގެ ރައީސް ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މުފީދު ވިދާޅުވީ ކުންފުނިތަކުން ގައުމު އޮތީ ދަރުވާލާފަ ކަމަށާއި، އެވޮއިޑް ކުރާ ޕްރޮޖެޓްތައް ވެސް އެވޯޑުކޮށްފައި ވަނީ އެކަން ކުރަންޖެހޭ އުސޫލުން ނޫންކަމަށެވެ. އަދި ކުންފުނިތަކުން އެއްވެސް ވަރަށް ބޮޑެތި ބިލްތަކަށް އެޑުވާންސް ޕޭމެންޓް ނަހަދާ ބޮޑެތި ޖަރިމާތައް ވެސް ހިންގާފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.

އިންތިގާލީ މަރުހަލާގެ ތެރޭގައި ސަރުކާރު އޮވެވެސް މިފަދަ އަމަލުތައް އިތުރުވާކަމުގެ ތުހުމަތު ކުރައްވައި މުފީދު ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރީ ކުކުޅު ކާން ހަނޑޫ މުށެއް އުކާލުމުން ކުކުޅު އަމަލު ކުރާ ގޮތާއި މާބޮޑު ތަފާތެއް ނެތް ގޮތަަށް ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރުގެ އަމަލުތައް ހުރީ އެއްވެސް ވަރަކަށް ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށްނޫން ކަމަށް ވިދާޅުވަމުން މުފީދު ފާހަގަ ކުރެއްވީ ކުންފުނިތަކަށް ވެރިން ހަވާލުކުރެވޭ ހިސާބުން އެމީހުންނަށް ވެސް ހީވަނީ ދައުރު ނިމުމުން އެއްކޮށް އެ މަސައްކަތް ނިންމާލެވެނީހެން ކަމަށެވެ.

އެހެންކަމުން ކުންފުނިތަކަށް ގެނެސްފައިވާ ވެރިންގެ އަމަލުތައް ހުރީ ބޭނުން ގޮތަކަށް ކަންކުރާ އުސޫލަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ގޮތަށް އަމަލު ހުރުމުގެ ސަބަބުން ގައުމު ދަރަނިވެރިވެފައިވާކަމަށެވެ.

ސިއްހީ ނިޒާމު ވެސް ވަނީ އެއްކޮށް ފުޑިގެން ގޮސްފައި ކަމަށާއި، މި ނިޒާމަށްވެސް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް މުފީދު ވިދާޅުވިއެވެ.

މުފީދު އިތުރަށް ވިދާޅުވީ 5 އަހަރެއްގެ ދައުރެއް ބޭކާރު ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ވެރިކަމުގައި އެ ގޮތަށް ދޫކޮށް ނުލާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން މިދައުރުގައި ހާވާފައިވާ ހަޑި ފިލުވުމުގައި މަސައްކަތް ކުރުން އިތުރު ހަރުފަތަކަށް ދާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ސަރުކާރުގެ 100 ދުވަހުގެ ބޮޑު މަސައްކަތެއް ކުރެވޭނީ މި މަސައްކަތާއި ގުޅޭގޮތުން ކަމަށާއި، ސަރުކާރުން ކަންތައް ކޮށްފައިވާ ގޮތުން އޮތީ އުނދަގޫ ހާލަތެއް ކަމަށާއި، އެއީ ހާވާފައި ހުރި ހަޑިތައް ސާފްކޮށް ކަންކަން ހަމަމަގަށް އެޅުވުމައްޓަކާއި ކުރަންޖެހޭ ކަންތައްތައް ކަމަށެވެ.

މުފީދު ވިދާޅުވީ، މިހާރު އޮތް ސަރުކާރުން ގައުމު ދަރުވާލާފަައި އޮަތަސް އަންނަ އޮތް ސަރުކާރު އޮތީ ސަރުކާރު ކޮޅަށް ޖެހުމައްޓަކާއި ތައްޔާރުވެގެން ކަމަށެވެ. އެއީ ތަރައްގީ ކުރަން ދަންނަ ބޭފުޅަކާއި ގައުމު ހިންގުމުގައި ބޮޑު ޒިންމާ އުފުލުން ހަވާލުވާއިރު މާ ބޮޑު ތަކުލީފެއް ހުއްޓަސް ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތަތީކަމަށެވެ. މިގޮތުން ޕީޕީއެމްގެ ރައީސް ޔާމީންގެ ވިސްނުމާއި އެކު އިންތިހާބީ ރައީސް އަކީ ވިސްނުމާއި ހިކުމަތްތެރި ކަމާއި އެކު ކުރިއަށްދެވޭނެ ދެ ބޭފަޅުން ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: