ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ނަން ބޭނުންކޮށް އެމްޑީޕީއަށް މެޑަލް ނުޖެހޭނެ: ނިމާލް

މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކަކީ އެމްޑީޕީއާއި ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެޑެލް ޖެހޭނެ ނިޒާމެއް ނޫންކަމަށް މާލެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ 2023 ގެ ރައީސް ޕްރޮގުރާމްގައި ނިމާލް ވިދާޅުވީ ލާމަރުކަޒީ ގާނޫނަކީ 2008 ގެ ކުރިން ވެސް ރާއްޖެއަށް ފަރިތަަ ނިޒާމެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ކުރިއެރުމާއި، އޭގެ ހަގީގީ މާނައިގައި ދިވެހިންނަށް ގެނެސްދިނީ މި ސަރުކާރުންކަމަށް ބުނާ ބުނުމުގައި އެއްވެސް ހަގީގަތެއް ނެތްކަމަށާއި، އެއީ އެމްޑީޕީއަށް މެޑަލް ޖެހޭނެ ނިޒާމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

2008 އެއްގެ ކުރިގެ ފޮޓޯތަކުން ވެސް ލާމަރުކަޒީ ގާނޫނަށް މަސައްކަތް ކޮށްފައިވާ ތަން ފެންނަން އެބަހުރި ކަމަށާއި، އެ ނިޒާމު ހަރުދަނާ ކުރުމަށް އޭރު އޮތް ސަރުކާރުން މަސައްކަތް ކޮށްފައިވާކަމަށްވެސް ނިމާލް ވިދާޅުވިއެވެ. އޭނާ ދެން ފާހަގަކުރީ އޭރު މަހާސިންތައް ބާއްވައި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމުތަކެވެ. އެކަމަކު އެމްޑީޕީގެ ވެރިކަމުން ފެނުނީ ނިމާލް ވިދާޅުވި ގޮތުގައި އެ ނިޒާމަށް ބަދަލު ގެނައިތަނެވެ.

ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށް އޭގެ ޒާތުގައި ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރާނެކަމަށާއި، މީގެ ފަނަރަ އަހަރުން ވެސް ފެންނާނެ ބަދަލުތަކަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ. ނިމާލް ވިދާޅުވީ އެމްޑީޕީން ލާމަރުކަޒީ ނިޒާމްގެ ފޯމިއުލާ ބަދަލުކޮށް މަސައްކަތް ކުރިނަމަވެސް އެ ނިޒާމުން ހަމަ ފެންނަނީ ބާރުތަކެއްގެ ބަދަލުގައި ނަމެއްގައި ގޮތުގައި އަމަލު ކުރެވިގެންދާތަން ކަަމަށެވެ.

މާލެ އަތޮޅު ކައުންސިލް ރައީސެއްގެ ހައިސިއްތުން މި ދާއިރާގައި ދެ އަހަރުވިއިރު، ތަރައްގިއަށް ކުރެވޭ މަސައްކްތުގައި މިއަށްވުރެ ބޮޑަށް ކަނޑުކޮސް ކަމެއް ހަޔާތުގައިވެސް ނުކެރެވެޔޭ ހިތައް އަންނަފަހަރުވެސް އާދޭ

ލާމަރުކަޒީ ނިޒާމުގެ އަސްލު ބަދަލު ނުފެންނަ ކަމުގެ މިސާލެއްގެ ގޮތުން ނިމާލް ދެއްކެވީ އޭނާ މާލެ އަތޮޅުގެ ރައީސަކަށް ނުވަ ރަށުގެ ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތާއި އެކުކަމަށްވާއިރު ރައްޔިތުންގެ އުންމީދާ ގާތަށް ވެސް ބަދަލެއް ފެނިފައި ނުވުމެވެ. ލާމަރުކަޒީ ނިޒާމުން ލިބެންޖެހޭ އެއްވެސް ބާރުވެރިކަމެއް އަތޮޅު ކައުންސިލްގެ ހައިސިއްޔަތުން އަތޮޅަށް ނުލިބި އަތް ބަނދެވިފައިވާކަމަށެވެ.

މީގެ ތެރެއިން ގިނަ ކަންބޮޑުވުންތައް ހުުރިކަންފާހަގަކޮށް ނިމާލް ވިދާޅުވީ ކިތަންމެ ވަރަށްކަކަށް ބާރުތައް ދީފައިވާކަމަށް ބުނި ނަމަވެސް އެންމެ ފުރިހަމަގޮތުގައި އެކަންތައް ނުކުރެވިދިއުމާއި ގިނަފަހަރަށް އަތޮޅުގެ ތަރައްގީއަށް ހުރިހާ ރަށެއްގެ ކައުންސިލުން ރުހިގެން ވޯޓް ދިނުމުގެ ހައްގުވެސް ލިބިދީފައި ނުވާކަމަށެވެ. މުޅި އަތޮޅުގެ ތަރއްްގީއަށްޓާކާއި، އަތޮޅު ކައުންސިލް ރައީސް ހުންނަން ޖެހެނީ އަތް ބަދެވިފައިކަމަށެވެ.

އެމްޑިޕީގެ މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ފައްކާވެފައިވާ ސަރުކާރެއްކަމަށް ދައުވާކުރާއިރ،ު މި ނިޒާާމާއި ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތައް އެބަހުރިކަމަށް ވިދާޅުވެ ނިމާލް ފާހަގަކުރެއްވީ އަތޮޅުގެ ރަށްރަށުގައި ތިއްބަވާ އެ ރަށެއްގެ ކައުންސިލް ރައީސުންގެ މައްޗަށް އަތޮޅުގެ ރައީސަަށްވުރެ މާބޮޑަށް ބާރުލިބިގެންވާ ކަމަށެވެ. އަދި އަތޮޅުކައުންސިލް އިދާރާގެެ އިންފްރާންސަކްޗާ އިތުރު ކުރުމައްޓަކާއި، ކުރަންޖެހޭ މަސައްކަތުގެ އިހުތިޔާރުވެސް އަޮތޮޅު ކައުންސިލަށް ލިބިގެން ނުވާ ކަމަށާއި، އެފުރުސަތުވެސް ކައުންސިލްތަކަށް ލިބިދީފައި ނުވާމަަށެވެ.

ނިމާލް ވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ލާމަރުކަޒީ ނިޒާމު ރަނގަޅު މާނައިގައި ތަންފީޒު ކުރެވޭނީ ކުރިޔަށް އޮތް ފަސް އަހަރުގައި ކަމަށެވެ.

އެހެންކަމުން އެމްޑީޕީން ނިޒާމަށް ފެއިލްވެފައިވާކަމަށާއި، ނިޒާމު ހަރުދަނާވާނީ އަންނަ ސަރުކާރުން ކުރެވޭ މަސައްކަތަށް ކަމަށެވެ. އިންތިހާބީ ރައީސް އަކީވެސް މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމުން ރާއްޖޭގެ ރައީސަކަށް ވަޑައިގެންނަވާ ބޭފުޅުޅެއްކަމަށާއި، މި ނިޒާމުގެ ހުރި މައްސަލަތައް އެންމެ ބޮޑަށް އެގިވަޑައިގެން ހުންނާވާ އެއްބޭފުޅަކަށް އެމަނިކުފާނުވާނެ ކަމަށެވެ. އެހެންކަމުން ނިޒާމު ހަރުދަނާ ކުރެވޭނީ އަންނަ ސަރުކާރުން ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

އެހްންކަމުން ޑރ. މުއިއްޒުގެ ވެރިކަން ވެގެންދާނީ އެންމެ ބޮޑަށް ލާމަރުކަޒީ ނިޒާމަށް ފައްކާވެފައިވާ ސަރުކާރަށް ކަމަށާއި، މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކައުންސިލްގެ ހޭދަވި ތަޖުރުބާގައި ނިޒާމު ހަރުދަނާ ކުރުމަށް ކަމަށެވެ.

ސަރުކާރެއްގައި ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ކައުންސިލަރުން ޙަޤީޤީ މާނައިގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދެވޭކަން ޔަޤީންކޮށްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވެސް ވިދާޅުވެފައިވެއެވެ.

ނިމާލް ވިދާޅުވީ އަތޮޅަކަށް ދާއިރާއަކަށް އެންމެބޮޑަށް ކުރިއެރުން ލިބިގެންދާނީ އަތޮޅުގައި ތިއްބަވާ ރަައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވިގެން ކަމަށާއި، އަދި ދިރިއުޅުމުގެ މުހިންމު ހިދުމަތްތަކާއި ދާއިރާތައްވެސް އެތަނަކުން ތަރައްގީ ކުރެވިގެން ކަމަށެވެ.

މގޮތުން އޭނާ ނިސްބަތްވާ މާލެ އަޮތޮޅުގެ ރައްޔިތުން ކޮވިޑްގެ ހާލަތުގައި ސިއްހީ ހިދުމަތް ނުލިބި އުޅެންޖެހުނު ތަކުލީފު ތަކަކީވެސް ބަދަލު އަންނަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ކޮވިޑްތެރޭގައިވެސް މާލެ އަށް ދަތުރު ނުކުރެވިގެން ސިއްހީ ހިދުމަތް ހޯއްދަވަން އއ. އާއި، ހދ. އަތޮޅަށްވެސް ދަތުރު ކުރައްވާފައިވެސް އެބަހުރިކަމަށެވެ.

ސަރުކާރުގެ ތެރެއިން ލާމަރުކަޒީ ނިޒާމު ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި، އެ އަތޮޅެއްގެ ރައްޔިތުން އެއަތޮޅެއްގައި ތިއްބަވައިގެން ސިއްހީ ހިދުމަތާއި އެހެނިހެން ހިދުމަތްވެސް ލިބޭނެ މަގު ހޯދަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: