ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އަށް އިހުތިރާމްކުރާނަމަ ކޮންމެ ގައުމަކާއި އެކުވެސް ކުރިއަށް ދެވޭނެ: ނިމާލް

ފެނަކައިގެ ކުރީގެ އެމްޑީ އަދި ޕީއެންސީގެ ނައިބް ރައީސް އަހުމަދު ނިމާލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ މިނިވަންކަމަަށް ބާރުތަކުން ފުންމާނުލާާހާ ހިނދަކު ބޭރުގެ ކޮންމެ ގައުމަކާއި އެކުގާއިވެސް ކުރިއަށް ދެވޭނެ ކަމަށް މާލެ އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ 2023ގެ ރައީިސް ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ ބާރުތަކުން މި ގައުމުގެ މައްޗަށް ގަދަނުވާހާ ހިނދަކު ކޮންމެ ގައުމަކާއި އެކުގައިވެސް ރާއްޖޭގެ ގުޅުން ދަމަހައްޓާނެ ކަމަށެވެ. އަދި ކިތަންމެ ކައިރި ގައުމެއްނަމަވެސް ބާރުތަކުން ނުފޫޒު ފޯރުވާނަމަ ގުޅުން ކަނޑާލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ ކޮންމެ ގައުމަކާއި ގުޅުން ބޭއްވި ކަމުގައިވީނަމަވެސް އަމިއްލަ ގައުމުގެ ހައްގުގައި ބަސްބުނެވޭނެ ކަމަށާއި، އެހައްގުން އެއްކިބާވެ ތިބެގެން ނުވާނެ ކަމަށެވެ. އެގޮތުން އިންތިހާބީ ރައީސް ވެސް ބޭނުންފުޅުވަނީ ދިވެހިންގެ ވެރިކަމެއް ކުރައްވަން ކަމަށް ވިދާޅުވިއެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: