ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ މި މަހުގެ 29 އަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 29 ދުވަހަށް އެޖެންޑާކޮށްފިއެވެ.

މި މައްސަލަ ކުރިއަށް ގެންދާނެ ގޮތް މަޖިލީހުގެ އާންމު ކޮމިޓީއިން މިހާރު ވަނީ ނިންމާފައެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވާން އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ 30 މިނެޓެވެ. އެ ހުށައެޅުއްވުމަކީ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ހުށައެޅުއްވުމެކެވެ.

މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވަނީ ރައީސް ނަޝީދު ދިފާއުކުރައްވާފައެވެ. އަދި ވަގުތު އިތުރުކުރުމަށް ވަކާލާތުކޮށްފައިވާއިރު ރައީސް ނަޝީދަށް ޖަވާބުދާރީ ވުމަށް ފުރިހަމަ ފުރުސަތު ނުލިބޭނެކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ވަނީ އާޒިމްގެ ވާހަކަތަކަށް ތާއީދުކޮށްފައެވެ. އަދި އެ މައްސަލައިގައި ގޮތް ނިންމުމުގެ އިހުތިޔާރު ކޮމިޓީއަށް އޮތްކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ 48 މެންބަރުންގެ ސޮޔާއިއެކުއެވެ. ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ފާސްކުރީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މުޅި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި އެއާއި ހިލާފަށް، ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ރައީސް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.

މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން ރައީސް ނަޝީދު ހުއްޓުވިކަމަށާއި، އަލުން ޖަލްސާތައް ފެށީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ދަ ޑިމޮކްރެޓްސް އަދި އެމަނިކުފާނު މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހުކަމަށްވެސްވެއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށްފަހު މި މައްސަލަަ އަނބުރާ ގެންދިޔައީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: