ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރަނީ

އިބްރާހިމް މުހައްމަދު ސާލިހް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގެ ހައްދު ފަހަނައަޅާފައިވާ ނުލަފާ ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން ހާލުގައި ޖެހިފައި ތިއްބެވި ފަލަސްތީނުގެ ރައްޔިތުންނަށް، ދިވެހިންގެ ފަަރާތުން 2 މިލިއަން މަސްދަޅު ހަދިޔާ ކުރުމަށް ނިންމައިފި އެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މި ނިންމުމަކީ ދިވެހިން ތިބީ ފަލަސްތީނާއިއެކުކަން ހާމަ ކުރެއްވުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށެވެ.

އޮގަސްޓް މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދަނީ މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާތައް އަމާޒުކޮށް ލާއިންސާނީ އަނިޔާތައް ހިންގަމުންނެވެ. އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުމެއްނެތި ފަލަސްތީނަށް އަމާޒުވަމުންދާއިރު އެ ގައުމުގެ ގިނައަދަދެއްގެ ބަޔަކުވަނީ ހާލުގައި ޖެހިފައެވެ.

ހަމަލާތަކުގައި ފަލަސްތީނުން 4،137 މީހުން ޝަހީދުވެފައިވާއިރު، 15،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ދިވެހި ސަރުކާރުންވެސް ވަނީ މީގެ ކުރިން މި ހަނގުރާމަ ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް މަސައްކަތްތައް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުތަކަށް ގޮވާލައްވާފައިވާ ކަމަށެވެ. ފަލަސްތީނުގެ ހޮސްޕިޓަލްތަކަށާއި އަސްކަރީ ނޫން ތަންތަަނަށް ހަމަލާތައް ދީފައިކަމަށާއި އިޒްރޭލުން އަމަލުކުރަމުންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށްކަމަށްވެސް ވިދާޅުވެފައި ވެއެވެ

ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުގެ ސިފައިން ދެމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށާއި، އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުވޭނެ މަގެއް ގާއިމުކުރުމަށްވެސް ގޮވާލައްވާފަވެއެވެ.

މީގެ އިތުރުން އަނިޔާވެރި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށްވެސް ރައީސް ސޯލިހު ވިދާޅުވެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ނިކަމެތިންނާއި، އަނިޔާވެރިކަމާ ކުރިމަތިލާންޖެހިފައިވާ އެންމެހައި މުސްލިމުން އެ ހާލަތުން މިންޖުކޮށްދިނުމަކީ، މުޅި އިސްލާމީ އުންމަތުގެ ވާޖިބެކަމެއް ކަމަށާއި، އެކަމަށްޓަކައި މުސްލިމުންގެ ސަފުތައް ބަދަހިކޮށް މުސްލިމުންގެ ގުޅުން ހަރުދަނާކޮށް، މުސްލިމުންގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި، އެއް އުންމަތެއް ފަދައިން އަލުން ތެދުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: