ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާ އާލާސްކަންފުޅާ އުޅުއްވި ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި މަހުގެ 29 އަށް އެޖެންޑާކޮށްފިއެވެ.

އާދިއްތަ ދުވަހަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރިއިރު ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންވާނީ ނައިބު ރައީސް އީވާ އަބްދުﷲ އަށެވެ. ނަމަވެސް އެކަމަނާ އުޅުއްވަނީ އާލާސަކަންފުޅާއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ހުށައަޅާފައި މިވަނީ ދެވަނަ ފަހަރަށެވެ. މީގެ ކުރިންވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅި ނަމަވެސް މައްސަލަ ކުރިއަކަށް ނުދެއެވެ.

އެހެންކަމުން މިފަހަރު މައްސަލަ ހުށައަޅާ އެމްޑީޕީއިން ބުނީ މި މައްސަލަ ކުރިއަށް ނުގެންގޮއްސިނަމަ މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދެއްވާނެކަމަށެވެ.

މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިމައްސަލަ ކުރިއަށްގެންދެވޭނެއެވެ.

ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ފާސްކުރީ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި 48 މެންބަރުންގެ ސޮއިކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ނިންމި ސަބަބުތަކުގެ ތެރޭގައި، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ރައީސް ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްއިން ފާހަގަކޮށްފައިވެއެވެ. އަދި މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި، ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ރައީސް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: