ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޕްލިމެންޓްރީ ބަޖެޖް އިސްލާހުކޮށް އަނެއްކާވެސް މަޖިލީހަށް ފޮނުވައިފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިނގަމުން މިދާ 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދު ކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޖް އިސްލާހުކޮށް އަނެއްކާވެސް މަޖިލީހަށް ފޮނުވައިފިއެވެ.

ބަޖެޓު އިސްލާހުކުރުމަށްފަހު އަލުން ހުށައެޅުމަށް ފޮނުވާލި ސަބަބުކަމަށް މަޖިލީހުން ބުނީ ބެޖެޓު ފޮނުވި އިރު ކަމާއި ގުޅޭ ގާނޫނުތަކުގައި ބަޔާން ކުރާ ބައެއް ތަފްސީލުތައް ފޮނުވާފައި ނުވުމެވެ. އަދި އެއަށްފަހު ފޮނުވި ލިޔުންތައް ވެސް ފުރިހަމަނުވާކަމަށް ބުންޏެވެ.

އިސްލާހަކުރުމަށްފަހު ފޮނުވުމަށް މަޖިލީހުން ފިނޭންސް މިނިސްޓްއަށް އެންގީ މިދިޔަ އަންގާރަ ދުވަހުއެވެ. މިހާރު ހުރިހާ ކަމެއް އިސްލާހުކޮށް ބަޖެޓު ފޮނުވާފައިވާއިރު، ފުރަތަމަ ބަޖެޓު ހުށަހެޅިއިރު، މައުލޫމާތުތައް ފުރިހަމަ ނުވާކަން ހާމަވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއިންނެވެ. އާޒިމްގެ ސިޓީގައި ވަނީ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ހިމެނުމަށް މާލިއްޔަތު ގާނޫނުން ލާޒިމް ކުރާ، ފާއިތުވެދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ޚަރަދު ފަދަ މާލީ މައުލޫމާތުތައް ހިމަނާފައި ނުވާކަމަށެވެ.

ސަޕްލިމަންޓްރީ ބަޖެޓް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ ދުވަހުގެ ޖަލްސާ ނުބޭއްވުނެވެ. ނަމަވެސް، ދެން އޮތް ޖަލްސާއަށް މި މަސައްކަތް އެޖެންޑާ ކޮށްފައެއްނުވެއެވެ.

މި އަހަރަށް ފާސްކޮށްފައި ވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށްވާއިރު، އޭގެ އިތުރުން 5.6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށަހަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: