ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭއަށް ރާއްޖޭގެ މާލީ ހާލަތެއް ނޭނގޭ، ތަޅު އަޅުވަން ޖެހޭ: ޝިޔާމް

ޕީޕީއެމްގެ ނައިބްރައީސް އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަރުކަޒީ ބެންކު (އެމްއެމްއޭ) އޮތީ ތަޅު އަޅުވާ ހާލަތުގައިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއާއި އެކު ބައްދަލުވުމެއް ކުރިއަށް ގެންދިއުމައްފަހު، ނޫސްވެރިންނާއި މައުލޫމާތު ހިއްސާ ކުރައްވައި ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަރުކަޒީ ބޭންކު ހުރީ ތަޅު އަޅުވަންޖެހޭ ހާލަތުގައިކަމަށެވެ. އަދި އޭގެ ސަބަބެއްކަމަށް ވިދާޅުވީ ރާއްޖޭގެ މާލީ ކަންކަމާއި ގުޅޭ މައުލޫމާތުތައް އެމްއެމްއޭއަށް ނޭނގުމެވެ.

ޝިޔާމް ވިދާޅުވީ އިގްތިސަދާއި ގުޅޭގޮތުން އެމްއެމްއޭ ކިރިޔާ ވެސް ދޭ ރައުޔަކާއި ލަފައަކަށް ސަރުކާރުން އިހުތިރާމް ނުކުރާ ކަމަށެވެ. ދައުލަތް ބެލެހެއްޓުމާއި، ފައިސާ މެނޭޖު ކުރުމުގައި އަމަލު ކުރަން ވީ ގޮތާއި އިގްތިސާދާއި ބެހޭ ރިޕޯޓުތައް މަރުކަޒީ ބޭންކުން އެކުލަވާލި ނަމަވެސް ސަރުކާރުން އެ ބަލައިގަތުމަށް ދެކޮޅު ހަދަމުން ގެންދާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ 2023 ގެ ބަޖެޓަށް ތައްޔާރު ކުރި ރިޕޯޓާއި މެދު ވެސް ކަންތައް ވީ ގޮތަކީ އެއީ ކަމަށެވެ.

ރާއްޖޭގެ ދަރަނީ ހާލަތު އިތުރުވަމުން ދާކަމަށާއި، މިއީ ޓެކްސް ނަގަން ވީ ވަގުތު ނޫންކަމަށް އެމްއެމްއޭގެ ބަޖެޓު ރިޕޯޓުގައި ވެއެވެ. އަދި ފައިސާ ޗާޕް ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އޭގެ އަސަރު ކުރަމުން ދާތީ މިއީ އެތެރޭގެ ހަރަދުތައް ވީހާވެސް ކުޑަ ކުރަންވީ ވަގުތުކަމަށް ބުނެފައި ވާތީ މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް ގަވަނަރު އަލީ ހާޝިމް ހާޒިރު ކުރުމަށް ފަހު ސަރުކާރު މެމްބަރުން ވަނީ އިދިކޮޅާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނާއި ގުޅިގެން ހާޝިމް ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުން ދާކަމުގެ ތުހުމަތުކޮށްފަ އެވެ.

އެމްއެމްއޭގެ ލަފާތައް ބަލައިގަތުމަށް ސަރުކާރުން ދެކޮޅު ހަދާ މައްސަލައިގައި ޝިޔާމް ވިދާޅުވީ، އެހެން ސަރުކާރުތަކުން އެ ގައުމެއްގެ މަރުކަޒީ ބޭންކުގެ ރިޕޯޓުތަކާއި އިރުޝާދުތައް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އެ މަންޒަރު ނުފެންނަކަން ފާހަގަކުރި އެވެ.

މަރުކަޒީ ބޭންކުތަކުގެ އިތުރަށް، ފިނޭންސް މިނިސްޓްރީގެ މާލީ ތަފާސްހިސާބުތަކަށް ޝިޔާމް ވިދާޅުވީ އެ ރިޕޯޓުތަކުގައި ވަނީ ސައްހަ އަދަދުތަކެއް ނޫން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ބާކީ ހުރި ރިޒާވާއި ގުޅޭ ގޮތުންނެވެ. އެކި ބޭފުޅުން އެކި އަދަދުތައް ވިދާޅުވާއިރު އަހަރުގެ މިހާތަނަށް އައި އިރު ރިޒާވްގައި ހުރި މިންވަރު އެތައް ގުނައަކަށް ދަށް ވެ ކުރިޔަށް އޮތް ދެ މަސް ދުވަހަށް ވެސް ކާޑުގެ ބާވަތްތައް ގަނެ މުސާރަ ދެވޭނެހާ ފައިސާއެއް ދައުލަތުގެ ނެތްކަމަށް އެކި ބޭފުޅުން ތުހުމަތު ކުރެ އެވެ. އިދިކޮޅުގެ ވާހަަކަތަކަށް ތާއީދުކޮށް ރައީސް ނަޝީދުގެ ފަރާތުން ވެސް ރިޒާވުގައި ބާކީ ހުރި މިންވަރު ހޯދުމަށާއި މާލީ ހާލަތުގެ ތަފްސީލު ހޯދުމަށް ހުށަހަޅުއްވާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: